Advertisement
ކ. މާލެ
|
7 އޯގަސްޓް 2025 | ބުރާސްފަތި 10:03
ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ: އިމްރާ ވަނީ ކައުންސއިލތަކުގެ ހައްގުތަކަށް އުނިކަން އަނަގޮތަށް އޮތް ބިލު އަނބުރާ ގެންދިއުމަށް ގޮވާލައްވާފަ
ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ: އިމްރާ ވަނީ ކައުންސއިލތަކުގެ ހައްގުތަކަށް އުނިކަން އަނަގޮތަށް އޮތް ބިލު އަނބުރާ ގެންދިއުމަށް ގޮވާލައްވާފަ
ރާއްޖެއެމްވީ
ލާމަރުކަޒީ ގާނޫނު ބިލް
ކައުުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ބިލު އަނބުރާ ގެންދަން އިމްރާން ގޮވާލައްވައިފި
ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ބިލު އަނބުރާ ގެންދަން ގޮވާލެއްވީ އެކަމުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ތަނަވަސްކަން ކުޑަވާނެތީ
ކައުންސިލްތަކުގެ ފަހު އަހަރު މާލީ މުއާމަލާތެއް ނުކުރެވޭ ގޮތަށް ހުށަހެޅި ބިލު މަޖިލީހުން ވަނީ ފާސްކޮށްފަ
ބިލުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ތަނަވަސްކަން ކުޑަވެ ރައްޔިތުންގެ ގިނަ ހައްގުތަކަކަށް އުނިކަން ލިބިގެންދާނެ

ކައުުންސިލްތަކުގެ ބާރުތައް ކަނޑުވާލާ، އެތަކެއް ހައްގުތަކެއް ހަނިކުރާ ބިލު އަނބުރާ ގެންދަން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.

ކައުންސިލްތަކުގެ ފަހު އަހަރު މާލީ އާ މުއާމަލާތެއް ނުކުރެވޭ ގޮތް ހަދަން ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ހުށަހެޅުއްވި ބިލު ބުދަ ދުވަހު މަޖިލީހުން ވަނީ ފާސްވެސްކޮށްފަ އެވެ.

މިކަމާއި ގުޅިގެން ޝައިޚް އިމްރާން ބުދަ ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭ ކޮންމެބަދަލަކީ ރަނގަޅަށް ދިރާސާކޮށް، ފުޅާކޮށް މަޝްވަރާކުރުމަށްފަހު ރައްޔިތުންގެ ހެވާ ލާބަޔަށް ގެނެވޭ ހެޔޮ ބަދަލަކަށް ވާން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް މިހާރު ހުށައެޅިފައިވާ އިސްލާހުގެ ސަބަބުން ކައުސިލްތަކުގެ މާލީތަނަވަސްކަންކުޑަވެ، ހިންގުމަށްދަތިވެ، ރައްޔިތުންގެ ގިނަ ހައްގުތަކަކަށް އުނިކަން ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުން ބިލު އަނބުރާ ގެންދަން އިމްރާން ގޮވާލެއްވީ، މާތްﷲއަށް ބިރުވެތި ވުމަށް ވެސް ވިދާޅުވަމުންނެވެ.

ލާމަރުކަޒީ ޤާނޫނަށް މިހާރު ހުށައެޅިފައިވާ އިޞްލާޙުގެ ސަބަބުން ކައުސިލްތަކުގެ މާލީތަނަވަސްކަންކުޑަވެ، ހިންގުމަށްދަތިވެ، ރައްޔިތުންގެ ގިނަ ޙައްޤުތަކަކަށް އުނިކަންލިބިގެންދާނެ، މުޅި ނިޒާމު ކުރިއެރުމުގެ ބަދަލުގައި އެތައް އަހަރަކަށް ފަހަތައް ސޮއްސާލާނެ.

ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ

ބުދަ ދުވަހު ފާސްކުރި ބިލުގައި ބުނެފައިވާ ގޮތުން ކައުންސިލްތަކު ދައުރުގެ ފަހު އަހަރު ފިނޭންސް މިިނިސްޓްރީއާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ(އެލްޖީއޭ)އިން ކަނޑައަޅާ އުސޫލާއެއްގޮތަށް ނޫން ގޮތަކަށް މާލީ ބައެއް ކަންކަން ނުކުރެވޭނެ އެވެ.

އެގޮތުން ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުން ނެގުން ނުވަތަ ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނުނެގޭނެ އެވެ. ކައުންސިލްގެ އިހުތިސޯސްތަކުގައި ހުންނަ ފަޅު ފަޅާއި ބިމާއި ފަރުތައް ވެސް ކުއްޔަށް ނުދެވޭނެ އެވެ.

އޭގެ އިތުރުން ކައުންސިލްގެ ފަހު އަހަރު ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންގައި ކަނޑައެޅިފައި ނުވާ ތަރައްގީގެ އާ މަޝްރޫއުތައް ވެސް ނުފެށޭނެ އެވެ.

މި ބިލުގައި ވަނީ ލޯކަލް ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރި ވެސް ހަނި ކުރެވޭ ގޮތަށް ހުށަހަޅައިފަ އެވެ. އެގޮތުން އަމިއްލަ ފަރާތަކުން އެ ރަށެެއްގައި ކުރާ ވިޔަފާރި މަސައްކަތެެެއް ލޯކަލް އޮތޯރިޓީއަށް ނުކުރެވޭނެ އެވެ.

- ކޮމެންޓް