Advertisement
ކ. މާލެ
|
5 އޯގަސްޓް 2025 | އަންގާރަ 17:40
ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 22 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުހުން ބުނޭ
ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 22 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުހުން ބުނޭ
ރާއްޖެއެމްވީ
ވޭޕް ޖުރިމަނާ
ވޭޕު ޖޫރިމަނާގެ ގޮތުގައި ޖުލައި މަހު 127،000ރ. ހޯދައިފި
ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 22 މީހަކު ޖޫރިމަނާކޮށް، ޖުމްލަ 127،000 ރުފިޔާ ވަނީ ހޯދާފަ
މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފަ
ވޭޕް އެތެރެކުރާ ފަރާތްތަކަށް 50،000 ރުފިޔާއިން ޖޫރިމަނާކޮށް، ކޮންމެ ވޭޕަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ

ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 22 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އެ ޖޫރިމަނާގެ ޖުމްލަ 127،000ރ.އަށް އަރާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ 15 ޑިސެމްބަރުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ވޭޕް ބޭނުންކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

އެ ގާނޫނުގެ ދަށުން މިދިޔަ މަހު ކުރި ޖޫރިމަނާގެ ތަފާސްހިސާބު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ފުލުހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހު ވޭޕުކޮށްގެން ކުރި ޖޫރިމަނާގެ ޖުމުލަ 62،000ރ އަރައެވެ.

އަދި މިދިޔަ މަހު ވޭޕު ވިއްކައިގެން ނުވަތަ ގަނެގެން ކުރި ޖޫރިމަނާގެ ޖުމުލަ 7،000ރ. އަރަ އެވެ. މީގެ އިތުރުން މިދިޔަ މަހު ވޭޕު ގެންގުޅެގެން ކުރި ޖޫރިމަނާގެ ޖުމުލަ 58،000ރ. އަށް އަރާކަމަށް ފުލުހުންގެ ފަފާސްހިސާބުތަކުން ދައްކައެވެ.

ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ވޭޕް ބޭނުންކޮށް، ވިޔަފާރި ކުރުމުގެ އިތުރުން ހިލޭ ބަހައިފި ނަމަ ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރާާނެ އެވެ.

އެގޮތުން، ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރާއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެއެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.

- ކޮމެންޓް