ކ. މާލެ
|
28 ނޮވެންބަރ 2024 | ބުރާސްފަތި 14:33
ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދު
ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދު
ސޯޝަލް މީޑިއާ
މުއިއްޒުގެ އަބުރާ ބެހުން
ރައީސް މުއިއްޒުގެ އަބުރާ ބެހިގެން ގައްދޫ ކައުންސިލުގެ ރައީސްގެ މައްސަލަ ބަލަން ނިމާލު އަންގަވައިފި
ވަޓްސްއެޕް ގްރޫޕް ގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރަށް ހުތުރުވާ ގޮތައް ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެލްޖީއޭ އިން ބުނޭ

ރައީސް މުހައްމަދު މުއިއްޒުގެ އަބުރަށް ހުތުރުވާ ގޮތައް މުއާމަލާތް ކޮށްގެން ކައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބަލަން ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ނިމާލު އަންގަވައިފިއެވެ.

ނިމާލު ސޮއިކުރައްވާ ގދ. ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދުގެ މައްސަލަ ބަލަން އެލްޖީއޭ އިން އެ އަތޮޅު ކައުންސިލްގައި އެދި ސިޓީ ފޮނުވާފައިވަނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

"މި އޮތޯރިޓީ އަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާގެ ސިޓީއެއްގައި ހުވަދު އަތޮޅު ދެކުނު ބުރީ ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު ކައުންސިލްގެ ވަޓްސްއެޕް ގްރޫޕް ގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި އަދި ސަރުކާރުގެ އިސްވެރިންގެ އަބުރަށް ހުތުރުވާ ގޮތައް ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމުގެ ޝަކުވާ ހުށަހަޅާފައިވެއެވެ." ރައީސް މުއިއްޒު ދާދި ފަހުން އެލްޖީއޭ ގެ ސީއީއޯގެ މަގާމަށް ހަމަ ޖެއްސެވި ނިމާލު ސޮއިކުރެއްވި ސިޓީގައި ވެއެވެ.

ނިމާލު އަތޮޅު ކައުންސިލް ރައީސް ފައިހަތު ގުދުރަތުﷲ އަށް ފޮނުއްވި ސިޓީގައި "މި މައްސަލަ ތިޔަ ކައުންސިލުން ބައްލަވާ އެކަން އިސްލާހު ކުރުމަށް އެ ފަރާތަށް އެންގެވުން" އެދޭ ކަމަށް ލިޔުއްވާފައިވެެއެވެ.

- ކޮމެންޓް