Advertisement
ކ. މާލެ
|
18 ޖުލައި 2025 | ހުކުރު 18:40
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެމްޑީޕީ ޖަލްސާގައި ވާހަކަދައްކަވަނީ: މި ސަރުކާރުން 142 މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކާއި ޑިއުޓީފްރީ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ކަމަށް
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެމްޑީޕީ ޖަލްސާގައި ވާހަކަދައްކަވަނީ: މި ސަރުކާރުން 142 މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކާއި ޑިއުޓީފްރީ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ކަމަށް
ރާއްޖެއެމްވީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވިއައިއޭގެ އައު އާޓާރމިނަލް ޑިއުޓީފްރީ ޕްރޮޖެކްޓު ޗައިނާ ކުންފުންޏަކަށް
ޕްރޮޖެކްޓްގައި ހިމެނިފައި ނުވާ މުޅިން އަލަށް އުފަންކުރި، 42 މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކާއި ޑިއުޓީފްރީ ޕްރޮޖެކްޓް ވަނީ ހަވާލުކޮށްފަ، މިއީ ބޮޑު އޮޅުވާލުމެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓާރމިނަލްގެ، ޑިއުޓީފްރީ ޕްރޮޖެކްޓްގެ މަސައްކަތް ބަޖެޓުން ބޭރުން އިތުރު 42 މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކާއި ހަވާލު ކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު އެފަދައިން ވިދާޅުވީ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ބުރާސްފަތި ދުވަހުގެ ރޭގައެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރު އައިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގެ އައު ފަސިންޖަރ ޓަރމިނަލްގެ އެންމެ މުހިންމު އެއް މަސައްކަތް ކަމުގައިވާ ޑިއުޓީ ފްރީގެ ޕްރޮޖެކްޓް ގެ މަސައްކަތް އެއްވެސް ބައަކާއި ހަވާލުކޮށްފައި ނުވާކަމަށާއި އެ މަސައްކަތް ކުރަން ބަޔަކާއި ހަވާލުކުރީ މި ސަރުކާރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ ފަހުން ކުރިއަށް ގެންދިއަ ރައްޔިތުންނާއި އެކު ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އައު ޓަރމިނަލް އެހާ ފެންވަރު ރަނގަޅަށް އެހާ ގިނަ ބަޔަކަށް ޚިދުމަތްދޭ ގޮތައް ތަރައްޤީކުރާއިރު ޓަރމިނަލްގައި ކޮންމެހެންވެސް ޑިއުޓީ ފްރީއެއް ހުންނަންޖެހޭ ދެއްތޯ. އެ މަސައްކަތްވެސް މި ސަރުކާރު އައިއިރު އޮތީ އެއްވެސް ބަޔަކާއި ހަވާލުނުކޮށް. އެ މައްސައްކަތް ވެސް ހަވާލުކުރީ އަޅުގަނޑުމެން.

ރައީސް ޑރ. މުޙައްމަދު މުއިއްޒު

އައު ޓާރމިނަލްގެ ޑިއުޓީފްރީ އާއި ގުޅުވައި ރައީސް މުއިއްޒު ދެއްކެވި މި ވާހަކަތަކަށް ރައްދުދެއްވައި އަމީރު ވިދާޅުވީ ރައީސް މުއިއްޒު އެހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި ރައީސް މުއިއްޒު ޑިއުޓީފްރީއޭ ވިދާޅުވެ އެދެއްކި ވާހަކަތަކަށް ފުންކޮށް ވިސްނާ ބަލާލާއިރުގައި ފެނިގެން ދަނީ ވަރަށް ނުރައްކާތެރި ގޮތަކަށް މި ސަރުކާރުން ކަންކުރާ މަންޒަރު ކަމަށެވެ.

އަމީރު ވިދާޅުވީ ޑިއުޓީފްރީ ޕްރޮޖެކްޓްގެ ތެރެއިން އޭރު އެމްޑީޕީ ސަރުކާރުން ވިސްނާފައި އޮތީ ޑިއުޓީފްރީ ޕްރޮސެސް ޓެންޑަރިންގެ ތެރެއިން ޑިއުޓީފްރީއަށް އަންނާނޭ މީހުންނާއި އެތަނުގައި ތިބޭނޭ މީހުން ހޯދުނީމަ އެ ބަޔަކާއި އެކުގައި އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށެވެ.

އަމީރު ވިދާޅުވީ މި ސަރުކާރުން އެކަންވެސް ކޮށްފައި އޮތީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށާއި ރައީސް މުއިއްޒުގެ މި ސަރުކާރުން ޑިއުޓީފްރީ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން އެގެންދަނީ، އެ ޕްރޮޖެކްޓް އަށް އެކުލަވާލި ބަޖެޓުގެ ބޭރުން، އެ ޕްލޭނުގައި ވެސް ނެތް، މުޅިން އަލަށް އުފަންކުރި 42 މިލިއަން ޑޮލަރު ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްގެން ކަމަށެވެ.

އަމީރު ވިދާޅުވީ އައު ޓާމިނަލް ބޭރުގައި އެއިން ފަސާޑު ވެސް 42 މިލިއަން ޑޮލަރަށް ވުރެ އަގުހެޔޮވާނޭ ކަމަށާއި 42 މިލިއަން ޑޮލަރަށް ޑިއުޓީފްރީ ބޭރު ބަޔަކަށް ދީގެން އެ އުޅެނީ މި ސަރުކާރުން އެ ޕްރޮޖެކްޓުގެ ތެރެއިން އިތުރު ކޮރަޕްޝަންތަކެއް ހިންގުމަށްޓަކައި ކަމަށެވެ. އަދި މިއީ މި ސަރުކާރުން ކަނޑައެޅިގެން އޮޅުވާލި ބޮޑު އޮޅުވާލުމެއް ކަމަށް ވެސް އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ ވެރިކަން ބަދަލުވުމަށް ފަހު 3 އެމެންޑްމެންޓާއި އެކު އެގްރީމެންޓްތަކެއް ހެދުމަށް ފަހު ކުރިން ހުރި ކޮންޓެއިނަރ ޓަރމިނަލް ބަަދަލުކޮށްފައިވާ ކަމަށާއި ރާއްޖޭގެ މާހައުލާއި ގުޅޭ ގޮތަށް އެ ޓަރމިނަލް ބަދަލުކުރީ ވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކަމަށެވެ.

އަމީރު ވިދާޅުވީ އެ މަސައްކަތް އަވަސް ކުރަން ފެށީ ވެސް ނިމިދިޔަ ސަރުކާރުން ކަމަށާއި އިތުރަށް ސޮއިކުރި އެގްރީމެންޓްތަކުގައި 183 މިލިއަން ޑޮލަރު އިތުރުވެގެން ދިޔަ އިރު އޭގެ ތެރެއިން ބޮޑު ބަޔަކީ ޕްރޮޖެކްޓް ލަސްވުމުން ކޮންޓްރެކްޓަށް ޕްރޮޖެކްޓް ލަސްވުމުން ދޭން ޖެހުނު ފައިސާ ކަަމަށް އަމީރު ވިދާޅުވި އެވެ.

- ކޮމެންޓް