Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 23:42
ކ. ހުރާ
ކ. ހުރާ
ރާއްޖެއެމްވީ
ޑޮލަރު ފޭރުން
ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!
4 މީހަކު ލޯންޗެއްގައި ހުރާ އަށް ދިޔަ އަދި އެމީހުން ހައްޔަރު ކުރި
ބީއެމްއެލް މުވައްޒަފުން އަތުން ފޭރިގަތީ 100،000 ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ

މާސްކް އެޅި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ، ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި ފުލުހުން ހެނދުނުއްސުރެ ކ. ހުރާގައި ހަރަކާތެރިވާކަން އެނގިއްޖެ އެވެ.

ނަންހާމަ ނުކުރުމަށް އެދި ރާއްޖެ އެމްވީ އަށް މައުލޫމާތުދިން މީހަކު ބުނީ، ހޯމަ ދުވަހުގެ ހެނދުނު 8 ޖަހާކައްހާއިރު ފުލުހުން އެރަށުގައި ހަރަކާތްތެރިވާން ފަށަފައިވާ ކަމަށާއި 4 މީހުންނާއެކު އެރަށަށް ލޯންޗެއްގައި ބަޔަކު އައިސްފައިވާކަމަށެވެ. އޭނާ ބުނީ އެމީހުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށާއި އެ 4 މީހުން އެރަށަށް އައިސް ބަނދަރާއި ކައިރީ ހުރި ގެސްޓުހައުސް އެއްގައި ތިބިކަން އެނގިފައިވާކަމަށެވެ. އަދި ފުލުހުން މިހާރުވެސް ބައެއް ސަރަހައްދު ތަކާއި އެމީހުން ތިބި ތަންތަން ވެސް ބަލައި ފާސްކުރަމުންދާކަމަށް އޭނާ ބުންޏެވެ.

"ބައެއް ތަންތަން ފުލުހުން ބަލައި ފާސްކުރި، ދެން އެމީހުން ލޯންޗުގައި އައިސް ތިބީ ގެސްޓުހައުސް އެއްގައި އެއީ ބަނދަރާ ކައިރީގަ ހުންނަ ތަނެއްގަ" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ބީއެމްއެލްގެ މުވައްޒަފުން އަތުން ފޭރިގަތީ 100،000 އަށްވުރެ ގިނަ ޑޮލަރެވެ. އެ ވަގުތު އެ މީހުންނާއެކު ފުލުހުންގެ ސެކިއުރިޓީއެއް ނެތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލްގެ ސްޓާފުން ޑޮލަރު ހުރި ބްރީފް ކޭސް ގެންދިޔައީ ވީއައިއޭގެ ބައު ޓާމިނަލުން މި އަހަރު ހުޅުވި ޓާމިނަލުގައި ހުންނަ ޑޮލަރު ކައުންޓަރަށެވެ.

ޑޮލަރުތައް ހުރި ބްރީފް ކޭސް ޖަހައިގަތީ ދެ ޓާމިނަލު ދެމެދު އޮންނަ ވޯކްވޭ އިން ކަމަށް މައުލޫމާތު ލިބެ އެވެ.

- ކޮމެންޓް