Advertisement
ކ. މާލެ
|
7 ޖުލައި 2025 | ހޯމަ 22:04
ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކެއް ގެންދަނީ
ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކެއް ގެންދަނީ
ޕޮލިސް
ޓްރާންސްޕޯޓް މިނިސްޓްރީ
ޖުލައި 13 ން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅނަދު ފިޔަވާ ހުރިހާ އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގަން ޖެހޭނެ: ޓްރާންސްޕޯޓް
މި ބަދަލު ގެނައީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅނަދު ރަޖިސްޓަރީ ކުރުމުގެ ގަވައިދަށް ގެނެވުނު 6 ވަނަ އިސްލާހް ގެ ދަށުން ކަމަށް ޓްރާންސްޕޯޓުން ބުނޭ
f

މިއަހަރުގެ ޖުލައި މަހުގެ 13 ވަަނަ ދުވަހުން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް އެތެރެ ކުރެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފިއެވެ.

ޖުލައި 06 ގެ ތާރީޚުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ކޮށްފައިވާ އިއުލާނެއް ގައި ބުނެފައިވަނީ މި ބަދަލު ގެނައީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅނަދު ރަޖިސްޓަރީ ކުރުމުގެ ގަވައިދަށް ގެނެވުނު 6 ވަނަ އިސްލާހް ގެ ދަށުން ކަމުގައެވެ.

"އެހެން ކަމުން މިފަދަ އުޅަނދުތައް ދިވެހިރާއްޖެ އަށް އެތެރެ ކުރުމުގެ ހުއްދަ އެއް އެދި މި މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ގޮތް މިހާރު ވަނީ ހަމަޖެހިފައެވެ." އިއުލާނުގައި ބުނެފައިވެއެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ 13 ޖުލައި 2025 ގެ ފަހުން ދިވެހިރާއްޖެ އަށް އެތެރެކުރާ ދެފުރޮޅުލީ އެއްގަމު އުޅނދު ފިޔަވަައި، އެހެން ހުރިހާ އުޅަނދެއް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އިިރު، އެ އުޅަނދު ދިވެހިރާއްޖެ އަށް އެތެރެ ކުރުމަށް ނަގާފައިވާ ހުއްދަ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

- ކޮމެންޓް