Advertisement
ކ. މާލެ
|
2 ޖުލައި 2025 | ބުދަ 17:35
ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓްރީ
ރާއްޖެއެމްވީ
ދުންފަތުގެ ލައިސެންސް
ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި
17 ޖުލައި 2025 ގެ ކުރިން ލައިސެންސް ނަގަންޖެހޭ
ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް
f

ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމަށް ލައިސަންސް ނެގުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހަނދާން ކޮށްދީފިއެވެ.

ބުދަ ދުވަހު އެޗްޕީއޭއިން ބުނީ، ދުންފަތު ބާވަތްތައް އިމްޕޯޓު ކުރުމަށާއި، ރީއެކްސްޕޯޓު ކުރުމަށާއި، އަދި ރާއްޖޭގައި ވިއްކުމަށް ގާނޫނު ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު އަދި އެގާނޫނު އަދި އެގާނޫނުގެ ދަށުން އާއްމު ކޮށްފައިވާ ''ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާއްމު ގަވާއިދު ބަޔާންކުރާ ގޮތުގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަންޖެހޭ ކަމަށެވެ.

ދުންފަތުގެ ބާވަތްތަކުން ވިޔަފާރި ކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން ވަންގަވް ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުސަތު 17 އޭޕްރީލް 2025 އިން ފެށިގެން ހުޅުވާލާ 3 މަސް ދުވަހުގެ ތެރޭގައި ހުއްދަ ނެގުމަށް އިއުލާން ކޮށްފައިވާ ކަމަށާއި، މި މުއްދަތު ހަމަވާ ތާރީހަކީ 17 ޖުލައި 2025 ކަމަށެވެ.

މި ތަރީހަށްފަހު މި ދެންނެވުނު ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެހެންކަމުން ގާނޫނު ލާޒިމު ކުރާ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ވަނީ ހަނދާން ކޮށްދީފައެވެ.

- ކޮމެންޓް