ކ. މާލެ
|
28 މެއި 2025 | ބުދަ 08:41
ބޭންކިންގެ ހިދުމަތް ދިނުމަށް ހުއްދަ ދިނީ އެމްއެފްއެލްސީ އަދި ބީއައިސީއަށް
ބޭންކިންގެ ހިދުމަތް ދިނުމަށް ހުއްދަ ދިނީ އެމްއެފްއެލްސީ އަދި ބީއައިސީއަށް
އެމްއެމްއޭ
ބޭންކިންގެ ހިދުމަތް
ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ 2 ފަރާތަކަށް ދީފި
މި ދެވުނު ހުއްދަތަކާއެކު، ޚިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް އެ އޮތޯރިޓީއިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމުގެ ހުއްދަ ދެވިގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މާލީ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ 2 ފަރާތަކަށް ދީފިއެވެ.

މި ހުއްދަތައް ދީފައިވަނީ 19 މޭ 2025 ގައެވެ.

ހުއްދަ ދީފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ (އެމްއެފްއެލްސީ) – މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކްގެ ނަމުގައި ޓިއަރ 1 ބޭންކްއަކަށް ބަދަލުކުރުމަށެވެ.

އަދި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއަރ 1 ބޭންކްއެއް ޤާއިމްކުރުމަށެވެ.

- ކޮމެންޓް