ކ. މާލެ
|
14 އޯގަސްޓް 2025 | ބުރާސްފަތި 13:23
އެމެރިކާ ޑޮލަރުގެ ނޫޓުތަކެއް
އެމެރިކާ ޑޮލަރުގެ ނޫޓުތަކެއް
ގެޓީއިމޭޖަސް
އެމްއެމްއޭ
ރަސްމީ ރިޒާވް ދަށަށް ހިނގައްޖެ
ދިވެހިރާއްޖޭގެ ރަސްމީ ރިޒާވް ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު 6 އިންސައްތަ ދަށަށް ގޮސް، 774.52 މިލިއަން ޑޮލަރަށް ވެއްޓިއްޖެއެވެ. އެހެންނަމަވެސް، ބޭނުންކުރެވޭ ރިޒާވް 5 އިންސައްތަ އިތުރުވެ، 213.22 މިލިއަން ޑޮލަރަށް އަރައިފިއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް ޖޫންމަހާއި އަޅާބަލާއިރު ޖުލައި މަހު ދަށަށް ހިނގައްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަ ކޮށްފިއެވެ.

ޖުލައި މަހު ރަސްމީ ރިޒާވުގައި 774.52 މިލިއަން ޑޮލަރު ހުރި ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ފެންނަ އިރު، އޭގެ ކުރިން ނިމުނު ޖޫން މަހު ރަސްމީ ރިޒާވުގައި 832.4 މިލިޔަން ޑޮލަރު ހުއްޓެވެ. އެހެން ކަމުން ރަސްމީ ރިޒާވް ވަނީ 6 އިންސައްތަ އިގެ މިންވަރަކަށް ދަށަށް ގޮސްފައެވެ.

އެމްއެމްއޭ އިން ހާމަ ކޮށްފައިވާ ގޮތުގައި ބޭނުން ކުރެވޭ ރިޒާވް ޖުލައި މަހުގެ ނިޔަލަށް ވަނީ 213.22 މިލިޔަން ޑޮލަރަށް އަރާފައެވެ. ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 203 މިލިޔަން ޑޮލަރެވެ. މިއީ 5 އިންސައްތައި ގެ ކުރިއެރުމެކެވެ.

- ކޮމެންޓް