ކ. މާލެ
|
7 ސެޕްޓެންބަރ 2025 | އާދީއްތަ 06:19
އެމެރިކާ ޑޮލަރު ނޫޓު
އެމެރިކާ ޑޮލަރު ނޫޓު
އައިސްޓޮކް
އިގްތިސާދީ ހާލަތު
ޖެހިޖެހިގެން ދެވަނަ މަހު ރިޒާވް ދަށަށް ހިނގައްޖެ
އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުގައި ވިދިވިދިގެން ދެމަހު ރާއްޖޭގެ ރިޒާވް ވަނީ ދަށަށް ގޮސްފައި. ޖޫން މަހު 1 އިންސައްތަ އަދި ޖުލައި މަހު 2 އިންސައްތަ ދަށަށް ދިއުމާއެކު ރަސްމީ ރިޒާވް 774.5 މިލިއަން ޑޮލަރަށް ވަނީ ތިރިވެފަ.

ޖެހިޖެހިގެން ދެވަނަ މަހު ރާއްޖޭގެ ރިޒާވް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓަކުން ހާމަ ވެއްޖެއެވެ.

2025 ވަނަ އަހަރުގެ ޖުލައި މަހު ދިވެހިރާއްޖޭގެ މާލީ ހާލަތު ހާމަ ކޮށް އެމްއެމްއޭ އިން އެންމެ ފަހުން ނެރުނު އިޤްްތިޞާދީ އަޕްޑޭޓުގައިވާ ގޮތުން، ރިޒާވް ފައިސާ ޖޫން މަހު ދަށަށް ދިޔުމަށް ފަހު ޖުލައި މަހު ވެސް ވަނީ ދަށަށް ގޮސްފައެވެ.

ޖުލައި މަހުގެ ނިޔަލަށް ރިޒާވް ފައިސާ ވަނީ 2 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ ވިދިވިދިގެން ދެވަނަ މަހަށް ރިޒާވް ފައިސާ ދަށަށް ދިއުމެވެ. ޖޫން މަހު ރިޒާވް ފައިސާ 1 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. އެއާއެކު ބޭރު ފައިސާގެ ވަސީލަތްތައް ވަނީ މަދުވެފައެވެ.

ޖުމްލަ ބައިނަލްއަޤްވާމީ ރިޒަރވް ނުވަތަ ރަސްމީ ރިޒަރވް އެސެޓްސް 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 832.4 މިލިއަން އެމެރިކާ ޑޮލަރު ގައި ހުރި އިރު، ޖުލައި މަހުގެ ނިޔަލަށް 774.5 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައިވެއެވެ.

މަސްދަރު: އެމްއެމްއޭ
- ކޮމެންޓް