ކ. މާލެ
|
5 މާރޗް 2025 | ބުދަ 23:34
ގްރޮސެރީ ފިހާރައެއްގައި ވިއްކަން ހުރި ލުނބޯ
ގްރޮސެރީ ފިހާރައެއްގައި ވިއްކަން ހުރި ލުނބޯ
ރާއްޖެއެމްވީ
އިންފްލޭޝަން ރޭޓް
ދުންފަތާއި ކާބޯތަކެތީގެ ޚިދުމަތުގެ އަގު ޖެނުއަރީގައި ވެސް ވީ ބޮޑު!
މިއަހަރުގެ ޖެނުއަރީ މަހުގެ އިންފްލޭޝަން ރޭޓަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ދުންފަތުގެ އަގުތަކުންނެވެ.

ރާއްޖޭގެ އިންފްލޭޝަން ރޭޓް މިދިޔަ ޖެނުއަރީ މަހު 5.3% އަށް އަރައިފިއެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރެކޯޑްކުރެވުނު 4.8% އާ އަޅާބަލާއިރު މަސްދުވަހުގެ ތެރޭގައި ފާހަގަ ކުރެވޭ ވަރުގެ އިތުރުވުމެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފެބްރުއަރީ މަހު ނެރުނު ކުއަރޓާލީ އިކޮނޮމިކް އަޕްޑޭޓް ގައި ބުނެފައިވާ ގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހުގެ އިންފްލޭޝަން ރޭޓަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ދުންފަތުގެ އަގުތަކުންނެވެ. މިގޮތުން ދުންފަތުގެ ބާވަތްތަކުން 1.78 ޕަސެންޓޭޖް ޕޮއިންޓްސް އަދި ރެސްޓޯރެންޓް އަދި ކެފޭތަކުން 1.77 ޕަސެންޓޭޖް ޕޮއިންޓްސްގެ ހިއްސާއެއް ކޮށްފައިވެއެވެ.

މީގެ އިތުރުން، މުހިންމު ކާބޯތަކެތީގެ ބާވަތްތަކުން އަގު މައްޗަށް ދިއުން އިންފްލޭޝަން އަށް ހިއްސާ ކޮށްފައިވާކަން އެމްއެމްއޭ އިން ވަނީ ފާހަގަ ކޮށްފައެވެ. އެ ގޮތުން މަހުގެ އަގުތަކުން 0.63 ޕަސެންޓޭޖް ޕޮއިންޓްސް، މޭވާގެ ބާވަތްތަކުން 0.55 ޕަސެންޓޭޖް ޕޮއިންޓްސް، އަދި ތަރުކާރީގެ ބާވަތްތަކުން 0.24 ޕަސެންޓޭޖް ޕޮއިންޓްސްގެ ހިއްސާއެއް ކޮށްފައިވެއެވެ. އައުޓްޕޭޝަންޓް ހިދުމަތްތަކުން 0.12 ޕަސެންޓޭޖް ޕޮއިންޓްސް، ކިރާއި ކިރުގެ އުފެއްދުންތަކުން 0.09 ޕަސެންޓޭޖް ޕޮއިންޓްސް އަދި މަހުގެ ބާވަތްތަކުން 0.08 ޕަސެންޓޭޖް ޕޮއިންޓްސްގެ ހިއްސާއެއް ކޮށްފައިވެއެވެ.

- ކޮމެންޓް