ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 22:54
އެމްޑީޕީ ހަރުގެ ޖަލްސާގައި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް ވާހަކަދައްކަވަނީ
އެމްޑީޕީ ހަރުގެ ޖަލްސާގައި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް ވާހަކަދައްކަވަނީ
އެމްޑީޕީ
ރައީސް މުއިއްޒު ޕްރޮމޯޓް ކުރުން
މި ސަރުކާރުން އެންމެ ބޮޑު ހަރަދެއް ކުރަނީ ރައީސް މުއިއްޒު އިސްތިހާރު ކުރުމަށް: މާޒް ސަލީމް
ރައީސް މުއިއްޒު އިސްތިހާރު ކުރުމަށް ބޮޑު ހަރަދެއް ކުރޭ
މިސަރުކާރުގެ ބޭފުޅުން ބޭރުގެ ގައުމުތަކަށް ދަތުރުތައް ކުރި ނަމަވެސް ގައުމަށް ލިބޭ ފައިދާއެއް ނެތް
ބީއެމްއެލް އޮތީ ބަގުރޫޓްވާ ހިސާބުގައި

މިސަރުކާރުން އެންމެ ބޮޑު ހަރަދެއް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްތިހާރު ކުރުމަށް ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި ސަލީމް ވިދާޅުވީ މިރާއްޖޭގެ ވެރިކަން ކުރި އެއްވެސް ބޭފުޅަކު އިސްތިހާރު ނުކުރާ މިންވަރަށް މިސަރުކާރުގެ ރައީސް މުއިއްޒު އިސްތިހާރު ކުރުމުގެ މަސައްކަތްތައް މިސަރުކާރުގެ ބޭފުޅުން ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ބޮޑު ހަރަދެއް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރާއްޖެއަށް އިގްތިސާދީ ގޮތުން ހީނަރުކަން އައިސްފައިވާ ކަމަށް މިސަރުކާރުން ބުނަމުންދާއިރު، މިހާރު ވެސް މިސަރުކާރުގެ ބޭފުޅުން ކުރަމުންދާ މަސައްކަތަކީ ރައީސް މުއިއްޒު އދ. ގެ ސަލަމާތީ މަޖިލީހުގައި ދެއްވި ތަގުރީރާއި، އެމަނިކުފާނު އިސްތިހާރު ކުރުން ކަމަށެވެ. އަދި ވިދާޅުވީ ގައުމު ކުރިއެރުވުމަށް މަސައްކަތް ނުކުރާ ކަމަށެވެ.

Advertisement

މިސަރުކާރުގެ ބޭފުޅުން ޗައިނާ، ލަންޑަން އަދިވެސް ބޭރުގެ ގިނަ ގައުމުތަކަށް ދައުލަތުގެ ފައިސާގައި ދަތުރުކުރައްވާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ މިދަތުރުތަކުގެ އެއްވެސް ފައިދާއެއް މިހާތަނަށް ރާއްޖެއަށް ނުވަތަ ރާއްޖޭގެ ރައްޔިތުންނަށް ކޮށްފައިނުވާ ކަމަށާއި، ގައުމަށް ލިބެނީ ގެއްލުން ކަމަށެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުގެ ސަބަބުން ހަރަދުތައް އިންތިހާއަށް ބޮޑުވެ، ދެކޮޅު ނުޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެއްވެސް ގޮތެއް ނެތުމުން މިސަރުކާރުންދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ދިމާލަށް ކަމަށާއި، ބޭންކް އޮތީ ބަގުރޫޓުވާ ހިސާބުގައި ކަމަށެވެ.

މިރާއްޖޭގައި ވެރިކަން ކުރި އެއްވެސް ބަޔަކު ސަރުކާރެއް އިޝްތިހާރު ކުރަން ކަން ނުކުރާ ވަރަށް މިމީހުން ކުރާ ކަންތައް އިސްތިހާރު ކުރުމުގެ ކަންކަން ކުރަމުންދޭ. ވަރަށް ގިނަ ފައިސާތައް އެއަށް ހަރަދު ކުރަމުންދޭ. އިސްތިހާރު ކުރަން. އަޅުގަނޑުމެން ކުޑައިރު އަޑުއަހަން އޮލިންޕަހުގައި އަޅުވާނެ ފިލްމު. ފިލްމު އަޅުވަންވެގެން މީހަކު ދާނެ ބައިސްކަލެއްގައި ފިލާގަނޑެއް ހަރުކޮށްގެން އޮންނާނެ ޖަހާފައި އޮލިންޕަހަށް އަންނަނީ އަންނަނީ. ފިލާގަނޑު ފުރެންދެން އަންނަނީ ޖަހާފައި އޮންނާނެ. ކޮން އެއްޗެއް ކަމެއް ނޭނގޭ އަންނަނީއެއް. ދެން ދެ ހަފްތާ ފަހުން އެނގޭނެ ފިލްމެއް އަންނަނީކަން. މިގޮތަށް ހުރިހާ ކަމެއް ހުއްޓާލާފައި މުޅި ދައުލަތް އަރުވާ ޖަހާފައި މިކުރާ ކަމަކީ ޔޫއެންގައި ރައީސް ދެއްވި ތަގުރީރު ޕްރޮމޯޓް ކުރެއްވި ކަންތައް. މުޅި ސަރުކާރު އެކީ ނުކުމެގެން މުޅި ސަރުކާރު އަންބާ ކިޔާފައި މިހާރު ކުރާ މަސައްކަތަކީ މި ތަގުރީރު ޕްރޮމޯޓް ކުރުން.
ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރަށް 10 މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، ގައުމަށް އަދި ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށާއި، އެކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ނަގައި، ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ހިފަމުންދާކަމުގެ ތުހުމަތު ރައްޔިތުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވަނީ ރައްޔިތުން ރުހިގެން ނޫން ކަމަށެވެ. އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދޭ ކަމަށް ވެސް ސަލީމް ވަނީ ތުހުމަތު ކުރައްވާފައެވެ.

Advertisement

Advertisement
- ކޮމެންޓް