Advertisement
ކ. މާލެ
|
16 ޖުލައި 2025 | ބުދަ 13:34
ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ
ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ރަންރީނދޫ ދުވުން
ހުޅުމާލޭގައި ބާއްވަން އުޅުނު "ރަންރީނދޫ" ދުވުން ބޭއްވުމަށް ހުއްދަ ނުދިނުމުން ޖުލައި 25ގައި މާލޭގައި މި ހަރަކާތް ބާއްވަނީ
ދަންމަރެއް ހިފައިގެން އެމްޑީޕީ ދުވެލަން ނުކުތުން ރައީސް މުއިއްޒު ކަންބޮޑުވެ ވަޑައިގަންނަވާ
މިއަދު ރައީސް މުއިއްޒަށް އެއްވެސް މިންވަރަކަށް ޕޮޕިއުލަރރިޓީއެއް ނެތް
ހައްގުތަކަށް ހުރަސް ނާޅައި، ރައީސް މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވަންޖެހޭ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައި އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވަން އުޅުނު "ރަންރީނދޫ" ދުވުން ބޭއްވުމަށް ސަރުކާރުން ހުއްދަ ނުދިނުމުން ޖުލައި 25 ވާ ހުކުރު ދުވަހު މާލޭގައި މި ހަރަކާތް ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ދިވެހިން ބޭނުންވަނީ ވާދަވެރި ސިޔާސީ ޕާޓީ ނިޒާމެއްގެ ތެރެއިން ސިޔާސީ ހަރަކާތް ހިންގޭނެ ނިޒާމެއް ކަމަށާއި، މިގައުމުގައި އޮތީ އެ ނިޒާމު ކަމަށެވެ.

ނަމަވެސް މިގައުމުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު މި ފަދަ ހަރަކާތްތަކަށް ހުރަސްއަޅުއްވާ ކަމަށާއި، މިކަން ކުށްވެރި ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ ދަންމަރެއް ހިފައިގެން އެމްޑީޕީ ދުވެލަން ނުކުތުން ރައީސް މުއިއްޒު ކަންބޮޑުވެ ވަޑައިގަންނަވަނީ ހެއްދެވިފައިވާ ދޮގުތަކާއި، އެއްވެސް ވައުދުފުޅެއް ފުއްދިފައިނުވާތީ ކަމަށެވެ.

ރަންރީނދޫ ދުވުމުގެ ހަރަކާތަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ މި ފަދަ ހަރަކާތަކަށް އާއްމު ރައްޔިތުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބޭނެ ކަމަށާއި، ނަމަވެސް މިއަދު ރައީސް މުއިއްޒަށް އެއްވެސް މިންވަރަކަށް ޕޮޕިއުލަރރިޓީއެއް ނެތް ކަމަށެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ މިނިވަން ދުވަސް ކަމަށް ބުނެ، ޖުލައި 26ށް މިސަރުކާރުން ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މިމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމި ދުވުމަށް ހުއްދަ ނުދިނުމުން މިމަހުގެ 25 ވަނަ ދުވަހު މާލޭގެ މަޖީދީ މަގުގައި ބާއްވާ ދުވުމާ ގުޅިގެން އަމަލުކުރާ ގޮތަކުން ދިވެހި ރައްޔިތުންނަށް އޮތް މިނިވަންކަން ހާމަވަގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މި ނިންމަނީ މި 25 ވަނަ ދުވަހު މި މާލޭގެ މި މަޖީދީމަހުގައި މިދުވަން. އެނގިދާނެތާ އެމީހުން ކުރާނެ ކުރާނެ ކަމެއް. ކިހައި ވަރަކަށްތޯ ދިވެހި ރައްޔިތުންނަށް މިނިވަންކަން އޮތީ. ވަރަށް ސުލްހަވެރިކަމާއެކު ދަންމަރެއް ހިފައިގެން ދިވެހިން ދުވެލުމަށް އެމީހުން ހުރަސް އަޅާވަރު އަޅުގަނޑުމެން ބަލާލަން ބޭނުން. އަޅުއްވާނެ ފިޔަވަޅެއް އަޅުއްވަންވީ. އަޅުގަނޑުމެންނަށް އަލަކަށް ނުވާނެ މި އަޅާ ފިޔަވަޅުތަކެއް.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ

މާރިޔާ ވިދާޅުވީ ގާނޫނުން ރައްޔިތުންނަށް ލިބިފައިވާ ހައްގުތަކަށް ހުރަސް ނާޅައި، ރައީސް މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވަންޖެހޭ ކަމަށެވެ.

- ކޮމެންޓް