Advertisement
ކ. މާލެ
|
4 ޖުލައި 2025 | ހުކުރު 13:05
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީ ހަރުގެ ޖަލްސާ
ވައްޑެ ރައީސަށް: މަނިކުފާނު ވަރަށް ރަނގަޅަށް ވިސްނަވާ، ތިޔަ އަރާވަޑައިގެން ހުންނެވި ތަނުން ވެއްޓޭއިރު ވެއްޓޭނީ ނިކަން ބާރަށް
ރައީސް މުއިއްޒު އަރާވަޑައިގެން އެ ހުންނަވަނީ ވަރަށް ލޮނދި ތަނަކަށް, ވެއްޓިވަޑައިގަންނަވާއިރު ވެއްޓިވަޑައިގަންނަވާނީ ނިކަން ބާރަށް
މި ސަރުކާރުން މިހާރު އެ ގެންދަނީ މުޒާހަރާ ކުރުމަށް ގާނޫނު އަސާސީން ލިބިދީފައި ވާ ހައްގުގެ ބޭނުން ކުރާ ފާރާތްތަކާއި މެދު ޖިނާއީ ދައުވާ ކުރަމުން
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި ގިނަ ވައުދުތަކެއް ވެވަޑައިގެން އޮޅުވާލައިގެން
f

ރައީސް ޑރ. މުޙައްމަދު މުއިއްޒު އަރާވަޑައިގެން އެ ހުންނަވަނީ ވަރަށް ލޮނދި ތަނަކަށް ކަމަށާއި ވެއްޓޭއިރު ވެއްޓިވޑައިގަންނަވާނީ ނިކަން ބާރަށް ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ވަހީދު މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އޮތް އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ވަހީދު ވިދާޅުވީ މިއަދު މިއޮތް ސަރުކާރުން މިހާރު އެ ގެންދަނީ މުޒާހަރާ ކުރުމަށް ގާނޫނު އަސާސީން ލިބިދީފައި ވާ ހައްގުގެ ބޭނުން ކުރާ ފާރާތްތަކާއި މެދު ޖިނާއީ ދައުވާ ކުރަމުން ކަމަށާއި އެއީ މިއަދު ހުރިހާ ރައްޔިތުން ވެސް ވަރަށް ބޮޑަށް ޖެހޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތެއް ގެ ޒިންމާ ވަރަށް ސާފުކޮށް ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ކަނޑައަޅައި ބަޔާން ކޮށްދީފައި އެބަ ހުރި ކަމަށާއި އޭގެ ތެރޭގައި ކޮންމެ މީހަކަށް ވެސް ދިރިހުމުގެ ހައްގާއި، އުނުއޮރިޔާން ނިވާކުރުުގެ ހައްގާއި އަދި ވެސް ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކޮންމެ ރައްޔިތަކަށް ވެސް ރަނގަޅު ބޭސްފަރުވާގެ ފުރުސަތުގެ ހައްގާއި ރަނގަޅު ބޯހިޔާކަމުގެ ހައްގު ލިބިދޭން ޖެހޭނޭ ކަމުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ވަހީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި ގިނަ ވައުދުތަކެއް ވެވަޑައިގެން އޮޅުވާލައިގެން ކަމަށެވެ. އެހެން ނަމަވެސް މިއާދައި ހަމައަށް ވެސް ރައްޔިތުންނަށް ފައިދާއެއް ވާނޭ އެއްވެސް ކަމެއް ކޮށްދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރައީސް މުއިއްޒު އެހުންނެވީ ގައުމުގައި ހުރިއްޔާ ހުރި ބާރެއް ވިއްޔާ މުށުތެރެއަށް ނަގްވައިގެން ކަމަށެވެ. ނަމަވެސް އެ ބާރުތައް މުށުތެރެއަށް ލައިގެން ހިތުހުރިހާ ގޮތެއް ހަދަން އަބަދު ފުރުސަތު ނުލިބޭނޭ ކަމަށެވެ.

ވަހީދު ވަނީ ރައީސް މުއިއްޒުގެ އަރިހުގައި ކެބިނެޓުގައި ތިއްބެވި 22 ބޭފޫޅުންނާއި ދޭތެރޭގައި ޚުދު ރައީސް މުއިއްޒަށް އިތުބާރު އޮތްތޯ ހިތާހިތާ ސުވާލުކޮށްލުމަށް އެދިވަޑައިގެންފައެވެ. އަދި މީގެ އިތުރުން ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލިސް މެމްބަރުންގެ ތެރެއިން ވެސް އެމަނިކުފާނަށް އިތުބާރު އޮތީ ކިތައް ބޭފުޅުންނަށް ތޯ ވެސް އަމިއްލަ ހިތާއި ސުވާލުކޮށްލުމަށް ވަހީދު ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެފައި އެވެ.

ވަހީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ހުންނެވީ އޮޅިވަޑައިގެން ނުވަތަ އޮޅުވާލައިގެން ކަމަށާއި އެކަނިކުފާނަށް އަރާވަޑައިގެން އެ ހުންނެވެނީ ވެސް ވަރަށް ލޮނދި ތަނަކަށް ކަމަށެވެ. އެގޮތުން އެ އަރާވަޑައިގެން ހުންނެތި ލޮނދި ތަނުން ވެއްޓޭއިރު ވެއްޓި ޖެހޭނީ ނިކަން ބާރަށް ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

މަޖިލީހުގައި 80 ވަރަކަށް މެމްބަރުން އެބަ ގެންގުޅުއްވަޔޯލަ. މީނާގެ އަސްލު ސައިޒު، މީނާ އަރިއަޅާތަން ފެންނައިރު، އަޅެ މުއިއްޒަށް ދަންވަން ނިކަން ހިތާހިތާ ސުވާލުކޮށް ލަވަބައްލަވާ ޅިޔަނު ޖަނާބާއި ކޮއްކޮ ސޫދާ ފިޔަވައި އެ 80 ގެ ތެރޭގައި ތިބޭފުޅާއަށް އިޚްލާސްތެރިވާނެ މެބްބަރަު ހުރިތޯ

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ވަހީދު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު އެ އަރާވަޑައިގެން ހުންނެވިތަނަކުން ބަޔަކު ވައްޓާލާކަށް ނުޖެހޭނެ ކަމަށާއި މިވަގުތު އައިސް ޖެހުމުން އަރާވަޑައިގެން އެ ހުންނެވި ތަނަކުން އަމިއްލަފުޅަށް ވެސް ވެއްޓިވަޑައިގަންނަވާނޭ ކަމަށެވެ.

އަދި އެ ވަގުތު އަންނާނޭ ކަމީ އެއްވެސް ޝައްކެތް ނެތްގޮތުގައި ޔަގީންވާ ކަމެއް ކަމުގައި ވެސް ވަހީދު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް