ކ. މާލެ
|
21 ޖުލައި 2024 | އާދީއްތަ 00:07
ޔަމަންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ
ޔަމަންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ
ރޮއިޓާސް
ޔަމަން - އިސްރާއިލް ހަނގުރާމަ
އިޒްރޭލުން ޔަމަނަށް ދިން ހަމަލާއަށް ޔަމަންގެ އަސްކަރިއްޔާ އިން ހޫނު ރައްދެއް
އިޒްރޭލުގެ މުހިންމު ޓާގެޓް ތަކަށް ހަމަލާ ދޭން ފަސް ނުޖެހޭނެ ކަމަށް ހޫތީން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު އިޒްރޭލުން ޔަމަންގެ ޕޯޓް ސިޓީ ހުދެއިދާ އަށް ދިން ބޮމުގެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް ޔަމަންގެ އަސްކަރިއްޔާ ތަމްސީލް ކުރާ ހޫތީން ބުނެފިއެވެ.

ބޮން އެޅި ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވެ ޔަމަންގެ އަސްކަރިއްޔާ އިން ބޭއްވި ނޫސް ކޮންފަރެންސް އެއްގައި ބުނެފައިވަނީ، އިޒްރޭލުން ހިންގި އުދުވާނުގެ ބަދަލު ނުހިފާ ދޫކޮށް ނުލާނެ ކަމަށާއި އިޒްރޭލުގެ މުހިންމު ޓާގެޓް ތަކަށް ހަމަލާ ދޭން ފަސް ނުޖެހޭނެ ކަމަށެވެ.

މި ނޫސް ކޮންފަރެންސްގައި އިޒްރޭލުން ހިފާފައިވާ ބިމުގައިވާ ތެލް އަވީވް އަކީ ރައްކައުތެރި ސަރަހައްދެއް ނޫން ކަމަށް ހޫތީން ކުރިން ބުނި ބުނުން ތަކުރާރު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ޔަމަނުން ބުނެފައިވަނީ އިޒްރޭލުން ބޮން އެޅީ ތެޔޮ ރައްކާކުރާ ތަންތަނަށާއި އިންޖީނުގެ އަކަށް ކަމަށެވެ.

މަންޒަރުތަކުން ފެންނަ ގޮތުގައި އިމާރާތްތަކުގައި ރޯވެ މުޅި ސަރަހައްދަށް ވަނީ އަލިފާންގަނޑު ފެތުރިފައެވެ.

ހަމަލާގައި މީހުން މަރުވެފައިވާ ކަމަށާއި ޒަޚަމްވެފައިވާ ކަމަށް ސިއްހީ އޮފިޝަލުންނާ ހަވާލާދީ އަލް މަސީރާ ޓީވީން ބުނެފައިވީ ނަމަވެސް އަދަދުތައް ހާމަ ކޮށްފައެއް ނުވެއެވެ.

އިޒްރޭލުން ބުނެފައިވަނީ ހަމަލާ ދިނީ އަސްކަރީ މަރުކަޒް ތަކަށް ކަމަށާއި އެއީ މި ފާއިތުވި ދުވަސް ތަކުގައި ހޫތީން އިޒްރޭލަށް ދީފައިވާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

ގާޒާ ގައި އިޒްރޭލުން ހިންގާ އަނިޔާވެރި ހަނގުރާމަ އާ ދެކޮޅަށް، އިޒްރޭލަށް ޑްރޯން އާއި ބެލަސްޓިކް ރޮކެޓް ހަމަލާތައް ހޫތީން ދީފައިވެއެވެ. އޭގެ ގިނަ ހަމަލާތައް ހުއްޓުވާފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ.

އެހެން ނަމަވެސް ހުކުރު ދުވަހުގެ ހެނދުނު އިޒްރޭލުގެ ދިފާއީ ނިޒާމު ފޫއަޅުވާ ލުމަށްފަހު ހޫތީންގެ ޑްރޯން ހަމަލާއެއް އެއް އިޒްރޭލުގެ ވެރިރަށް ތެލް އަވީވަށް ދިނުން ވެގެން ދިޔައީ އިޒްރޭލަށް ކުއްލި ސިހުމެއް ކަމެއް ލިބިގެން ދިޔަ ކަމެއް ކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް