Advertisement
ކ. މާލެ
|
21 ޖުލައި 2024 | އާދީއްތަ 12:26
"އަންވެއިލިންގ ވިޜަންސް 2024" ހަަރަކާތުގެ ތެރެއިން
"އަންވެއިލިންގ ވިޜަންސް 2024" ހަަރަކާތުގެ ތެރެއިން
އާޓިސްޓުން ކުރިއެރުވުން
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
ބައިނަލްއަޤުވާމީ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތްކުރިއަށްދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ
ދާއިރާގެ ތަޖުރިބާކާރުންނާއެކު މިހާރުވެސް މަސައްކަތްތަކެއް ކުރިއަށްދާ ކަަމަށް އަސްވަރޑް ވަނީ ވިދާޅުވެފަ

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން ފަތުރުވެރިންނަށް ހުޅުވާލައްވާނެ ކަމަށް ޔޫތް މިނިސްޓަރ އިބްރާޙިމް ވަހީދު (އަސްވަރޑް) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ"އަންވެއިލިންގ ވިޜަންސް 2024" ބައްލަވާލެއްވުމަށް ވަޑައިގަތުމަށް ފަހު ވާހަކަދައްކަވަމުންނެވެ.

އާޓިސްޓުންގެ ފަންނު ދިރުވާ އާލާކުރުމަކީ ސަރުކާރުން ވަރަށް އިސް ކަމެއް ދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އެގްޒިބިޝަނެއް ނޮއޮންނަ ނަމަ އާޓް ގެލަރީ ހުންނަނީ ތަޅުލާފައި ކަމަށާއި އެތަނަށް ޒިޔާރަތްކުރުމަށް ފުރުސަތު ނޮއޮންނަ ކަަމަށް އަސްވަރޑް ވިދާޅުވިއެވެ. އެހެންކަމުން ދާއިމީ އާޓް ކަލެކްޝަން އެއް ހެދުމަށް ފަހު އާޓް ކަލެކްޝަން ހުޅުވާލާނެ ކަމަށާއި އެ ހިސާބުން އާޓް ގެލަރީއަށް ދިރުމެއް ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތްކުރިއަށްދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާރު ކުރަމުންދަނީ އާޓް ސްކޫލްގެ އައުޓްލައިން ތައްޔާރުކުރުމުގެ މަސައްކަތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަމުގެ ތަޖުރިބާކާރުންނާއެކު މިހާރުވެސް މަސައްކަތްތަކެއް ކުރިއަށްދާ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އަހުމަދު އަޒްމީ ހަލީމް (ބާޗި) ވިދާޅުވީ މިފަދަ މައުރަޒެއްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރަނގަޅު އެކްސްޕޯޒަރ އެއްހޯދާދިނުން ކަަމަށެވެ. މިފަހަރުގެ މި އެގްޒިބިޝަން އަށް ވެސް އާއްމުންގެ ވަރަށް ރަނގަޅު ތަރުޚީބެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ވެސް އާޓިސްޓުން މިހާރު ތިބި އަސްކަނިން ބޭރަށް ނުކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އަންވެއިލިން ވިޝަން އާޓްސް އަށް ފާއިތުވެދިޔަ އަހަރުތަކުގައި ލިބިފައިވާ ކުރިއެރުންތަކަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން އާޓިސްޓުންގެ އުފެއްދުންތައް ވިއްކޭ އަގަށް ކުރިއާއި އަޅާ ބަލާއިރު ރަނގަޅުކުރިއެރުމެއް ލިބިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އާޓްގެލެރީގައި ކުރިއަށްގެންދާ އެގްޒިބިޝަންގައި ބައިވެރިވުމަށް 200 ފަރާތަކުން ހުށައަޅާފަވެއެވެ. އެ އެގްޒިބިޝަންގައި ފުރުސަތު ދީފައި ވަނީ 105 ކުރެހުމަކަށް ނުވަތަ އާޓް ޕީސްއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް