ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 15:31
އެމްޑީޕީގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު މައުރޫފް
އެމްޑީޕީގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު މައުރޫފް
ރާއްޖެއެމްވީ
ލޯނު ނެގުމާއި ފައިސާ ޗާޕް ކުރުން
ލޯނު ނެގުމާއި ފައިސާ ޗާޕް ކުރުމަކީ އިޤްތިސާދު މެނޭޖް ކުރަން އެނގިތިބެ ނިންމި ކަންކަން: މައުރޫފް
ފައިސާ ޗާޕް ކުރުމަކީ އިޤްތިސާދެއް މެނޭޖް ކުރުމުގެ މަރުޙަލާތަކުގައި ޤައުމުތަކުން ކޮށް އުޅޭ ކަންކަން
އޭރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާވެސް ރަނގަޅަށް ފެންނަން ހުރި

ލޯނު ނެގުމާއި ފައިސާ ޗާޕް ކުރުމަކީ އިޤްތިސާދެއް މެނޭޖް ކުރުމުގެ މަރުޙަލާތަކުގައި ޤައުމުތަކުން ކޮށް އުޅޭ ކަންކަންކަމަށް އެމްޑީޕީގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް ވިދާޅުވީ، ލޯނު ނެގުމާއި ފައިސާ ޗާޕް ކުރުމަކީ އިޤްތިސާދެއް މެނޭޖް ކުރުމުގެ މަރުޙަލާތަކުގައި ޤައުމުތަކުން ކޮށް އުޅޭ ކަންކަން ކަމަށެވެ.

މީގެ ކުރިން ދިވެހިރާއްޖޭގައި އަމަލު ކުރަމުންދާ ޤާނޫނުތައް އެހުރީ، އެއީ އިޤްތިސާދީ ކަންކަމާ މާލީ ކަންކަމާ ބަޖެޓާ ގުޅޭ ޤާނޫނުތައް އެހުރީ، އެކަންކަން އެއީ ނުކުރާނެ ކަންކަން ކަމުގައިވަންޏާ ޤާނޫނުގައި އޮންނާނެ ނޫންތޯ އެއީ މަނާ ކަންކަން ކަމުގައި ލިޔެފައި
އެމްޑީޕީގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު މައުރޫފް

މައުރޫފް ވިދާޅުވީ، ލޯނު ނެގުމާއި ފައިސާ ޗާޕް ކުރުމަކީ އެކަމުގެ ދެކޮޅު އެނގިތިބެ، މެނޭޖް ކުރަން އެނގިގެން ކުރެވެންޖެހޭ ކަންކަން ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުގައި ލޯނު ނަގާފައިވަނީ މަޝްރޫއުތައްވެސް ހުއްޓާ ނުލައި ކުރިއަށް ގެންދެވޭ ގޮތަށްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ، ފައިސާ ޗާޕް ކުރީވެސް ކޮވިޑާ ގުޅިގެން އައި އިޤްތިސާދީ އަޑިގުޑަން ގަނޑުގެ ތެރެއިން ކަމަށެވެ.

އޭރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާވެސް ރަނގަޅަށް ފެންނަން ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް