ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 14:51
ރައީސް ޔާމީންގެ ފަހަތްޕުޅުގައި ރައީސް މުއިއްޒު އަދި އަބްދުއް ރަޙީމް
ރައީސް ޔާމީންގެ ފަހަތްޕުޅުގައި ރައީސް މުއިއްޒު އަދި އަބްދުއް ރަޙީމް
ރާއްޖެއެމްވީ
ރައީސް ޔާމީން މުއިއްޒު އަށް ދިން ރައްދު
މިއޮތް ތައުލީމީ ޒަމާނުގައި ތިމަންނާގެ ރޯލު މޮޑެލް އަކީ އަބްދުއްރަހީމް އޭ ބުނީމާ ދެން ތިޔަ ބޭފުޅުން ތަސައްވަރު ކުރައްވާ"
މީހަކަށް ތަނަވަސް ކަމާ އާރާ ބާރު ލިބުނީމާ އޭނާގެ ސިކުނޑި އެނބުރޭނެ ގޮތެއް ނޭނގޭނެއެވެ.

މިއޮތް ތައުލީމީ ޒަމާނުގައި ތިމަންނާގެ ރޯލު މޮޑެލް އަކީ އަބްދުއްރަހީމް އޭ ބުނީމާ ދެން މި ވެރިކަން ދުރަށް ދެމިގެންދާނީ ކިހާ ހިސާބަކައްތޯ އެހެން މީހުން ތަސައްވަރު ކުރުމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިން ދައްކަވާފައިވާ ވާހަކަފުޅެއް ސޯޝަލް މީޑިއާ ގައި އަނެއްކާވެސް މި ދުވަސްކޮޅު ފެންމަތިވެއްޖެއެވެ.

"މީހަކު އޭނާ އަށް އާރާ ބާރާ ލިބުމާ، ފައިސާގެ ތަނަވަސްކަން އިންތިހާ އަށް ލިބުނީމަ، އެމީހާ ބަދަލު ވާނެ ގޮތެއް ހަމަ ﷲ ދެނެވޮޑިގެންވާނި." ގިނަ ބައެއްގެ ޝައުގުވެރިކަން އަމާޒުވެފައިވާ މި ވީޑިއޯގައި ޔާމީން ވިދާޅުވެފައިވެއެވެ.

ގަބޫލު ކުރެވޭ ގޮތުގައި މިއީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަމާޒު ކުރައްވާ ޔާމީން ވިދާޅުވި ވާހަކަފުޅެކެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކެމްޕޭންގައި ވަރަށް ބޮޑަށް ޔާމީން އަށް ސަނާ ކިޔުއްވާ، އޭނާ ރައީސް ކަމަށް އިންތިޚާބު ވިޔަސް ހަގީގީ ވެރިޔަކީ ރައީސް ޔާމީން ކަމަށް އެތައް ފަހަރެއްގެ މަތިން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް އިންތިޚާބުގެ ނަތީޖާ އާ އެކު ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ. ފަހުން ރައީސް ޔާމީން ފެނިގެން ދިޔައީ ރައީސް މުއިއްޒުގެ ވެރިކަމާ އެއްވެސް ގުޅުމެއް ނެތް ބޭފުޅެއްގެ ގޮތުގައެވެ.

"މި އޮތް ތައުލީމީ ޒަމާނުގައި ތިމަންނާގެ ރޯލު މޮޑެލް އަކީ އަބްދުއްރަހީމް އޭ ވިދާޅުވާ ހިސާބުން ދެން ތިޔަ ބޭފުޅުން ތަސައްވަރު ކުރައްވާ ކިހާ ހިސާބަކަށްތޯ މި ދުރައް ދެމިގެން ދާނި." މުއިއްޒު ފަހުން ކަންތައް ކުރެއްވި ގޮތަށް އިޝާރާތް ކުރައްވާ، ވެރިކަމުގެ ކުރިމަގާ ބެހޭ ގޮތުން ޔާމީން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ ތަނަވަސް ކަމާ ބާރު ލިބުނީމާ، އިންސާނާގެ ސިކުނޑި ބޭނުން ގޮތަކަށް އަނބުރާލާ ކަމަށެވެ.

"އެހެން ކަމުން ބާރު ލިބުމުން އިންސާނާ ބަދަލުވެގެން ދާނެ ގޮތަކީ ބުނަން އެނގޭނެ އެއްޗެއް ނޫން." ޔާމީން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ މި ވާހަކަ ކޮޅު މި ދުވަސްކޮޅު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ހިނގާ ވާހަކަ ކޮޅަކަށް ވެފައެވެ. މި ވީޑިއޯ އަށް ކޮމެންޓް ކުރި އެތައް ބަޔަކު ބުނެފައިވަނީ އެއީ ސަތޭކައިގެ ވާހަކަ ކޮޅެއް ކަމަށެވެ.

"މީހެއްގެ ދުލުން ހައްގު ބަސްތަކެއް ނުކުންނާނީ މިވަރަށް" ރައީސް ޔާމީންގެ ވާހަކަފުޅަށް ކޮމެންޓް ކުރި މީހަކު ބުނެފައި ވެއެވެ.

ކޮމެންޓް