ކ. މާލެ
|
26 ޖޫން 2025 | ބުރާސްފަތި 21:58
ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ - 26.05.2025
ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ - 26.05.2025
ރާއްޖެއެމްވީ
އެމްޑީޕީ
އެމްޑީޕީގެ ކުރިމަގަށް ރައީސް ޞާލިހުގެ މެސެޖު: "މިއީ އެންމެންގެ ޕާޓީ، މިއީ ކުރިއަށް އޮތް ޖީލަށް ޕާޓީ ގެންދަންވީ ވަގުތު"
އެމްޑީޕީ އަކީ އެންމެންގެ ޕާޓީ އެއް ކަމަށާއި، ޖީލުތަކަށް ޕާޓީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަންޖެހޭނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ
ޕާޓީގެ އެތެރޭގެ ހިންގުމަށް ބަދަލުތަކެއް އަންނަން ޖެހޭނެ ކަމަށް ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ
އެއްވެސް ޕާޓީއަކީ ވަކި މީހެއްގެ ޕާޓީއެއް އެކަނި ކަމަށް ދެކިގެން ނުނުޅެވޭނެ ކަން ހާމަވެފައިވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އެ ޕާޓީގެ އެންމެންގެ ޕާޓީ އެއް ކަމަށާއި، މިއީ ކުރިއަށް އޮތް ޖީލަށް ޕާޓީ ގެންދަންވީ ވަގުތު ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.

20 އަހަރު ހޭދަކުރި އިރު އެމްޑީޕީ އަށް ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޕާޓީގެ އެތެރޭގެ ހިންގުމަށް ވެސް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ޞާލިހު ވިދާޅުވީ ޚުދުމުހުތާރު ވެރިކަމެއް ކުރުމަށް އޮތް ފުރުސަތު ގެއްލުވާލެވިފައިވާ ކަމަށާއި، އެއްވެސް ޕާޓީ އަކީ ވަކި މީހެއްގެ ޕާޓީ އެއް އެކަނި ކަމަށް ދެކިގެން ނޫޅެވޭނެކަން މިއަދު ހާމަވެފައިވާ ކަމަށެވެ.

ދެން އޮތީ ޖީލުތަކަށް ޕާޓީ ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށާއި މިހާރު ކުރަންވީ މަސައްކަތަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޕާޓީ މިހާ ހިސާބަށް އައި އިރު އެމްޑީޕީ އަކީ ޙުދުމުހުތާރު ޕާޓީ އެއް ނޫން ކަމަށް ރައީސް ޟާލިހު ވިދާޅުވިއެވެ. ޕާޓީ ކުރިއެރުވުމަށް އަންނަން އޮތް ޖީލަށް ފުރުސަތު ދިނުމަކީ މިހާރު ކުރަން ޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ ބޭފުޅަކު ވެސް ދެކެވަޑައިގަންނަވަންވީ މިއީ ތިމަންނާގެ ޕާޓީ ކަމަށް. މިއީ ވަކި މީހެއްގެ ޕާޓީ އެއް ނޫންކަން. ކޮންމެ މީހެއްގެ ވެސް ދައުރެއް އޮތްކަން އެމްޑީޕީ ހާމަކޮށްދީފި.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ވަކި މީހެއްގެ ފަހަތުގައި އެކަނި ތިބުމުގެ ބަދަލުގައި އެމްޑީޕީ އަކީ އެ މީހަކަށް ކޮށްދެވެން އޮތް ކަމެއް ކޮށްދީގެން، ކުރިއަރުވާފައިވާ ޕާޓީ އެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ވެސް އެ މަސައްކަތް ކުރަންވީ އެ ގޮތަށް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ޕާޓީގެ ކުރިމަގަށްޓަކާ ޒުވާން ޖީލަށް ލީޑަރޝިޕްގައި ތިބެވޭނެ މަގު ފަހިކޮށްދިނުން ވަރަށް މުހިންމު ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. މިވަގުތު ޑިމޮކްރެޓްް އަށް ދިޔަ އެމްޑީޕީގެ މެމްބަރުން ވެސް އެނބުރި ވަޑައިގަންނަވާފައި ވުމާއި އެކުގައި މިއީ އެ މަސައްކަތް ކުރަން ރަނގަޅު ވަގުތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

- ކޮމެންޓް