ކ. މާލެ
|
24 ޖޫން 2024 | ހޯމަ 15:42
ރައީސް ސާލިޙް ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ
ރައީސް ސާލިޙް ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ
މަޖިލިސް
ރާއްޖޭގެ މާލީ ހާލަތު
ނޮވެމްބަރު 2023 ނިމުނުއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް ގައި 141.1 މިލިއަން ޑޮލަރު ހުންނާނެ: ކުރީގެ މިނިސްޓަރ އަމީރު
ޑޮލަރުން އެސްޑީއެފް އަށް ފައިސާ ދައްކަން ފެށީ މި ސަރުކާރުން ކަމަށް ބުނުމަކީ ދޮގެއް
އެސްޑީއެފް ގައި ހުރި ފައިސާ އާ ބެހޭ ގޮތުން ވެސް ޑރ. މުއިއްޒު އޮޅުވާލައްވަނީ
ސޯލިހްގެ ސަރުކާރު ނިމުނު އިރު 5.4 ބިލިއަން ރުފިޔާ ފަންޑަށް އިތުރުވި

ނޮވެމްބަރު 2023 ނިމުނުއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި 141.1 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ރައީސް ސޯލިހް ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހްގެ ސަރުކާރު ނިމުނު އިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑޮލަރު އެކައުންޓުގައި ކޭޝް ބެލެންސް ގެ ގޮތުގައި 2 މިލިއަން ޑޮލަރު ހުންނާނެ ކަމަށާއި، ކޮމާޝަލް ބޭންކު ތަކުގެ ފިކްސްޑް ޑިޕޮސިޓްގެ ގޮތުގައި އަދި ޑޮލަރު ޓީބިލް އިންވެސްޓްމަންޓްގެ ގޮތުގައި 139.1 މިލިއަން ޑޮލަރު ހުންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ޕީއެންސީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް އާދިއްތަ ދުވަހުގެ ރޭ ހ. ވެޔޮވިލާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ވެސް ހުރީ 2 މިލިއަން ޑޮލަރު ކަމަށާއި އެ ފަންޑުގައި ހުރި ފައިސާ ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޮތީ ބޭނުންކޮށްފައި ކަމަށް ވިދާޅުވުމާ ގުޅިގެން މި ތަފްސީލްތައް ހާމަ ކުރެއްވުމާއެކު އަމީރު ވިދާޅުވީ "އެއީ ކަނޑައެޅިގެން އޮޅުވާލައިގެން ދައްކާ ވާހަކައެއް" ކަމަށެވެ.

2018 ވަނަ އަހަރު ނިމުނު އިރު އެސްޑީއެފްސޯގެ ފަންޑުގެ މިންވަރަކީ 1.9 ބިލިއަން ރުފިޔާ ކަމަށާއި 2023 ވަނަ އަހަރުގެ ނޮމްބަރު މަހުގެ ނިޔަލަށް އެސްޑީއެފް ގައި 7.3 ބިލިއަން ރުފިޔާ ހުންނާނެ ކަމަށް ޑރ. މުއިއްޒުގެ މި ވާހަކަފުޅާ ގުޅިގެން "އެކްސް" ގައި އަމީރު ވިދާޅުވިއެވެ.

އަމީރު ފާހަގަ ކުރެއްވި ގޮތުގައި އެއީ 5 އަހަރު ތެރޭގައި 5.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އަމީރު ވިދާޅުވީ، ޑޮލަރުން އެސްޑީއެފް އަށް ފައިސާ ޖަމާކުރަން ފެށީ މި ސަރުކާރުންނޭ ކިޔާފަ ވާހަކަ ދައްކަނީވެސް އޮޅުވާލައިގެން ކަމަށެވެ.

އަމީރު ވިދާޅުވީ އެމްއެމްއޭ އާ އެކު ހެދުނު އެއްބަސްވުމެއްގެ ދަށުން 2020 ވަނަ އަހަރު ޑޮލަރުން އެސް.ޑީ.އެފް އަށް ފައިސާ ޖަމާކުރުން ޖަމާކުރުން ހުއްޓާލެވުނު ނަމަވެސް އަނެއްކާވެސް 2023 ވަނަ އަހަރުގެ ކުރީ ކޮޅު ޑޮލަރުން އެސްޑީއެފް އަށް ފައިސާ ޖަމާކުރަން ފެށުނު ކަމަށެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ނެރޭ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް އިން ފެންނަ ގޮތުގައި އެސްޑީއެފް އަށް މި އަހަރުގެ މިހާތަނަށް ޖަމާކުރެވުނީ 519.7 މިލިއަން ރުފިޔާ އެވެ. އަނެއްކޮޅުން މިދިޔަ އަހަރުގެ މި މުއްދަތުގައި 479.8 މިލިއަން ރުފިޔާ ފަންޑަށް ޖަމާކުރި ކަމަށް ރިޕޯޓުން ފެންނަން އޮތް ކަން އަމީރު ފާހަގަ ކުރެއްވިއެވެ.

އެހެންވީމަ ނޭގުނު ކޮން މޮޅު ކަމެއް ކޮށްގެން ކަމެއް އިރު އިރުކޮޅާ މި ވާހަކަ މި ރިޕީޓް ކުރަނީ.
ރައީސް ސޯލިހް ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ކޮމެންޓް
- ގުޅުންހުރި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފުގައި، ރަސްމީ ބައްދަލުކުރުއްވުމެއް ބާއްވަވައިފި
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ ރައީސާ ބައްދަލު ކުރައްވައިފި
ތުރުކީވިލާތުގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، ރައިސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ރަސްމިއްޔާތުން ވެސް، ތަގުރީރުން ވެސް ހާމަވީ ކުރީގެ ރައީސް ސާލިހަށް އިހްްތިރާމެއް ނެތްކަން!
ކުރިއަށް އޮތް 30 ދުވަސްތެރޭ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށޭނެ، އަމާޒަކީ ގެދޮރުވެރިކަމަށް ބޭނުންޖެހި އެކަން ހައްލު ނުވާ މީހަކު ނެތުން - މުއިއްޒު
ފަލަސްތީނަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމާއި ގުޅޭގޮތުން ރައީސާއި ފަލަސްތީނު ސަފީރާއި މަޝްވަރާކުރައްވައިފި
ޑިޖިޓަލް ތަޢުލީމާއި، މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ރައީސާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއި މަޝްވަރާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ބުސާން މެޓްރޮޕޮލިޓަން ސިޓީގެ މޭޔަރ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި