ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 19:37
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
ޕޮލިސް
މީހަކު ރަހީނުކުރުން
ނޭޕާލު މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން
މި މައްސަލައާއި ގުޅިގެން ބަންގްލަދޭޝްގެ ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި

ނޭޕާލު ފިރިހެނަކު ރަހީނު ކުރި ބަންގްލަދޭޝް 2 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރަހީނުކުރުމުގެ މި ހާދިސާ ހިނގާފައިވަނީ މާލޭގައެވެ. ފުލުހުން ބުނެފައިވަނީ މާފަންނު ގެސްޓްހައުސް އެއްގައި ނޭޕާލު މީހަކު ބަންދުކޮށްގެން ގެންގުޅޭކަމުގެ ރިޕޯޓް ލިބިގެން ގެސްޓްހައުސްގައި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.

ބަންދުކޮށްގެން ގެންގުޅުނު މީހާ ސަލާމަތްކޮށްފައިވާ އިރު އެއީ ފިރިހެނެއް ކަމަށާއި، އެމީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައާއި ގުޅިގެން ބަންގްލަދޭޝްގެ ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މައްސަލައިގެ ތުހުމަތުގައި ބުނެފައިވަނީ ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމެވެ. އަދި ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް