ކ. މާލެ
|
26 ޖޫން 2025 | ބުރާސްފަތި 09:35
ފުލުހެއް ގައިގައި ސައިކަލުން ޖެއްސި މައްސަލައާއުި ގުޅިގެން ހައްޔަރުކުރި ކަމަށް ބުނާ ޒުވާނާ
ފުލުހެއް ގައިގައި ސައިކަލުން ޖެއްސި މައްސަލައާއުި ގުޅިގެން ހައްޔަރުކުރި ކަމަށް ބުނާ ޒުވާނާ
ޕޮލިސް މީޑިޔާ
ފުލުހެއްގެ ގައިގާ ސައިކަލަކުން ޖެއްސުން
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި ޒުވާނަކު ހައްޔަރު ކޮށްފި
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމުގެ ސަބަބުން ޒުވާނަކު ވަނީ ބުދަ ދުވަހުގެ ރޭ ހައްޔަރު ކޮށްފަ
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސީ އުމުރުން 18 އަހަރުގެ ޔޫނުސް ޚަލީލް ޢަބްދުﷲ ކަމަށް ފުލުހުން ބުނޭ

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި ޒުވާނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ބުދަ ދުވަހުގެރޭ 8:20 އެހައިކަންހާއިރު، ހުޅުމާލޭ، ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން މަޑުކުރަން ބުނުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ފުލުހުން މަޑުކުރަން ބުނުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ސައިކަލު ދުއްވި، މާލެ، މ. ބަހާރުވިލާ، ޔޫނުސް ޚަލީލް ޢަބްދުﷲ (18 އަހަރު) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާާ ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރަށް އަނިޔާވެފައިވާ ކަމަށް ބުންޏެވެ. އަދި ޔޫނުސް ޚަލީލް ޢަބްދުﷲ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށާ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވަނީ ބުނެފަ އެވެ.

- ކޮމެންޓް