ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 15:37
މާފުށި ޖަލުގައި ނިޔާވި ޖަމީލް
މާފުށި ޖަލުގައި ނިޔާވި ޖަމީލް
އެކްސް
ޖަމީލުގެ މަރުގެ މައްސަލަ
ޖަމީލުގެ މަރުގެ މައްސަލައިގެ ތަހުގީގު އަވަސްކޮށް 'ވާނުވާ' ނިމުމަކަށް ގެނައުމަށް ޓްރާންސްޕޭރެންސީން ގޮވާލައިފި
ތަހުގީގުކޮށް އިހުމާލުވެފައިވާނާމަ އެފަރާތްތައް ޖަވާބުދާރީކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވޭ
ޖަލު ބަންދުގައި ތިބޭ ފަރާތްތަކަށް ލިބިފައިވާ ހައްގުތަކާއި މިނިވަންކަމަށް އަރައިގަނެވިފައިވޭތޯ ބަލާ އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅުއެޅުމަށް ގޮވާލާފައިވޭ
އިިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސްގެ ފަރާތުން ތަހުގީގުގެ މަރުހަލާ އަވަސްކޮށް, ހޯދާ ހޯދުންތައް އާންމުކުރުމަށް ގޮވާލާފައިވޭ

ތަހުގީގު ނިމެންދެން މާފުށީ ޖަލުގައި ބަހައްޓާފައި ހުއްޓާ ނިޔާވި މުހައްމަދު ޖަމީލްގެ މަރުގެ ތަހުގީގު އަވަސްކޮށް, 'ވާނުވާ' ބަންދުގައި މީހުން ޖަލުތަކުގައި ބެހެއްޓުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަމާބެހޭ އިދާރާތަކަށް ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތެއް މިފަދަ ކުއްލިގޮތަކަށް ނިޔާވުމަކީ އެ ފަރާތްތަކުގެ އާއިލާތަކާއި އާންމު ރައްޔިތުންވެސް ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ޖަލުތައް ހިންގުމުގެ ހާމަކަންް އިތުރުކޮށް، ޖަވާބުދާރީވުން ކަށަވަރުކުރުމަށްޓަކައި، މިފަދަ މަރުގެ މައްސަލަތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ފުރިހަމައަށް ތަހުގީގު ކުރަންޖެެހޭ ކަމަށް ބުނެފައިވެއެވެ.

އަދި ރާއްޖޭގެެ ޖަލުތަކުގައި ހުރި ނިޒާމީ ގޮތުން ފުރިހަމަ ނުވާ ކަންތައްތަކާއި އުނި ކަންތައްތައް ދެނެގަނެެ އެފަދަ މައްސަލަތައް ހައްލު ކުރުމަށް ދެމެހެއްޓެނެވި އިސްލާހީ ބަދަލުތައް ގެނެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް, ވަކިން ހާއްސަކޮށް އެންމެ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ލިބެންޖެހޭ ރައްކާތެރިކަމާއި އެފަރާތްތަކުގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުކުރުމަށާއި ކަށަވަރުކުރެވޭ ފަދަ ގޮތަކަށް އިސްލާހުތައް ގެނައުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށެވެ.

ބަންދުގައި ބައިތިއްބާ ފަރާތްތަކާއި ޖަލުގައި ތިބި ފަރާތްތަކަށް އެއްވެސް ތަފާތުކުރުމެއް ނެތި ސިއްހީ ފަރުވާ ފޯރުކޮށްދިނުމަކީ އެފަރާތްތަކަށް ލިބެންޖެހޭ އަސާސީ ހައްގެއްކަމަށާއި، މުހައްމަދު ޖަމީލަކީ ނަފްސާނީ އެހީތެރިކަމާއި ފަރުވާ ބޭނުންވާ ފަރާތެއްކަން ދެނެގަނެވިފައިވާއިރު, އޭނާއަށް އެންމެ ބޮޑަށް ބޭނުންވާ ނަފްސާނީ ސިއްހީ ފަރުވާ ދިނުމުގެ ބަދަލުގައި ޖަލުހައްޔަރުކުރެވި ބަހައްޓާފައި ހުރުމުން އެކަށް ކުށްވެރިކޮށް ޓްރާންސްޕޭރެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ޖަލުގައި ތިބި ފަރާތްތަކަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތާ ގުޅޭ ގޮތުން 2023 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނަށް ޖުމްލަ 231 ޝަކުވާ ހުށަހަޅާފައިވާ އިރު އެގޮތުން ބޭނުންވާ ބޭސް ލިބުން ލަސްވުމާއި ފޮލޯއަޕް ލަސްވުމާއި ހާއްސަ ޑޮކްޓަރުންގެ ފަރުވާ ހޯދުން ލަސްވުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ވަކި މުއްދަތެއް ނޭންގޭގޮތަށް "ވާނުވާ" ބަންދުގައި މީހުން ބެހެއްޓުމަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ މުހިންމު އުސޫލުތަކާއި ހިލާފު އަދި ބަންދުގައި ތިބޭ ފަރާތްތަކުގެ އަސާސީ އިންސާނީ ހައްގުތަކުން މަހުރޫމްވެގެންދާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އދ. ގެ ވާރކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން 29 ނޮވެމްބަރ 2021 - 9 ޑިސެމްބަރ 2021ށް ދިވެހި ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ރާއްޖޭގެ ޖަލުތަކުގެ ބެލުމުގެ ދަށުގައި ހުރި ފަރާތްތަކުގެ 30 މީހުންނަކީ ޝަރީއަތުގެ ކުރިން ބަންދުގައި ހުރި މީހުންކަން ފާހަގަކޮށްފައިވެއެވެެ.

އަދި ކަމާބެހޭ ފަރާތްތަކުން ޝަރީއަތުގެ ކުރިން ބަންދުގައި ހޭދަކުރާ އެވަރެޖް މުއްދަތަކީ ގާތްގަނޑަކަށް 1.5 އަހަރު ކަމަށް ރިޕޯޓްކޮށްފައިި ވީނަމަވެސް ޝަރީއަތުގެ ކުރިން ބަންދުގައި 3-4 އަހަރާއި އެއަށްވުރެ ގިނަ ދުވަހު ތިބުމަކީ ވަރަށް އާންމު ކަމެއް ކަމަށްް އދ. ގެ ވޯކިން ގްރޫޕުން ވަނީ ފާހަގަކޮށްފައެވެ. މިި ފަދަ އަމަލުތަކަކީ އައިސީސީޕީއާރުގެ 9 ވަނަ މާއްދާއާއި މުޅިން ހިލާފު ކަންކަމެއް ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

އަދި 28 ޖޫން 2024 ގައި މާފުށީ ޖަލުގައި މުހައްމަދު ޖަމީލް ނިޔާވިި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ. އަދި މި މައްސަލައިގައި ޖަލު ބަންދުގައި ތިބޭ ފަރާތްތަކަށް ލިބިފައިވާ ހައްގުތަކާއި މިނިވަންކަމަށް އަރައިގަނެވިފައިވޭތޯބަލާ، ތަހުގީގުކޮށް އިހުމާލުވެފައިވާނާމަ އެފަރާތްތައް ޖަވާބުދާރީކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވެއެވެ. އަދި މި މައްސަލަ ތަހުގީގުކުރުމުގައިި މަރުހޫމްގެ އާއިލާގެ އެދުންތަކަށް އިހްތިރާމް ކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައިވެއެވެ.

އިސްލާހީ ބަދަލުތަކުގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަން

  • ޝަރީއަތުގެ ކުރިން ބަންދުކުރުމަކީ ހަމައެކަނި ހާއްސަ ފިޔަވަޅެއްގެ ގޮތުގައި ބޭނުންކުރާ  ކަމެއްކަން ކަށަވަރުކުރުމާއި އެކު, ބަންދުގެ ބަދަލުގައި އެޅިދާނޭ ފިޔަވަޅުތައް, މިސާލަކަށް ޝަރުޠު ކުރުމަށްފަހު ދޫކުރުން,  ކަފާލާތުގެ ދަށުންދޫކުރުމާއި އިދާރާއަކަށް ރިޕޯޓްކުރާގޮތަށް ދޫކުރުންފަދަ ފިޔަވަޅުތައް އިސްކޮށް، މިހާރު އަމަލުކުރަމުންދާ އުސޫލުތައްް ި އިސްލާހުގެނައުން.  
  • ދިވެހިރާއްޖޭގެ ޢާންމު ސިއްހީ ރައްކާތެރިކުރުމުގެ ހިދުމަތް ތަކުގެ ނިޒާމްގެ ތެރެއިން އާންމު ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް އެންމެނަށް އެއް ހަމައެއްގައި ލިބުމާއި އަދި ޚާއްސަކޮށް  ނަފްސާނީ ބަލިތަކާއި މަސްތުވާ ތަކެތީގެ ސަބަބުން ދިމާވާ ބަލިތައް ތަހައްމަލްކުރާ ފަރާތްތައް ޖަލުގައި ބަންދު ކުރުުން މަދުކުރުމަށާއި ސިއްހީ ހިދުމަަތްތައް ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިދާނޭ ފަދަ ކަންކަން މަދުކުރުމަށް ސިއްހީ ނިޒާމަށް އިތުރަށް އިންވެސްޓްކުރުމަށް ނޫނީ ހޭދަ ކުރުން.
  • ޖަލުގައި ތިބޭ ފަރާތްތަކާއި މެދު އަމަލުކުރާ ގޮތް މޮނިޓަރ ކުރުމަށް އޮވަރސައިޓް މެކޭނިޒަމްތައް ހަރުދަނާކޮށް, މިހާރުން މިހާރަށް ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ އެ އިސްލާހުތައް ގެނެއުމަށް މަސައްކަތްކުރުން.
  • ޖަލުތަކާއި ބެހޭ ނިޒާމު އިސްލާހުކުރުމަށް ކުރާ މަސައްކަތުގައި, ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން ކަމާބެހޭ ހުރިހާ އިދާރާތަކެއްގައި ރިހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަންގެ ހިދުމަތްތައް ކްލައިންޓުންނަށް ލިބޭނެ ގޮތް ކަށަވަރުކުރުން. 
  • އިިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސްގެ ފަރާތުން ތަހުގީގުގެ މަރުހަލާ އަވަސްކޮށް, ހޯދާ ހޯދުންތައް އާންމުކުރުން.
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ޖަމީލު ނިޔާވި މައްސަލައިގައި ފުލުހުންގެ ގާނޫނާއި ފުށުއަރާ ބައިވަރު ކަންތައްތަކެއް ހިނގާފައި އެބަހުރި - ނާޒިލް
ޖަމީލް ނިޔާވެފައި މައްސަލައިގައި ޝައްކުއުފެދޭ ކަންކަން ހުރުމުން އެކަން ބަލައިދިނުމަށް ޑިމޮކްރެޓްސްގެ ފަރާތުން އެޗްއާރުސީއެމްއަށް ހުށަހަޅައިފި
ޖަމީލުގެ މަރުގެ މައްސަލައިގައި ހިންގާނީ ވަށާޖެހޭ ތަހުގީގެއް، އިހުމާލުވެފައިވޭތޯ ބަލާނަން - ފުލުހުން
ޖަމީލް އަށް އަނިޔާ ކުރި ކަމަށް ގައިދީންނާއި ހަވާލާދީ ދައްކަމުންދާ ވާހަކަތައް ކަރެކްޝަންސް އިން ދޮގުކޮށްފި
ޖަމީލްގެ މަރާއި އެކު ޖަލުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް - މީގެ ފަހުން ޖަލުގައި މަރުވާ އެންމެންގެ ޕޯސްޓްމޯޓަމް ހަދާނެ
މާފުށި ޖަލުގައި ނިޔާވި ޖަމީލްގެ ޕޯސްޓްމޯޓަމް ނުހަދާ ވަޅުލާތީ އާންމުން ކަންބޮޑު ވެއްޖެ
ޖަލުގައި ޖަމީލް ނިޔާވި މައްސަލަ ތަހުގީގުކުރަނީ
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ގިނަ އޮފިސަރުން ތަކެއް ހައްޔަރުކޮށްފި