ރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ 2 މަސްބޯޓެއް އެމްއެންޑިއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑިއެފުން މީޑިއާތަކަށް ހިއްސާކުރި މެސެޖުގައި ބުނީ، ބޭރުގެ ދެ މަސްބޯޓެއް މިމަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމްންޑިއެފް ކޮސްޓުގާރޑް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އަތުލައިގަނެފައިވަނީ ލަންކާގެ 2 މަސްބޯޓު ކަމަށްވެސް އެމްއެންޑިއެފުން މައުލޫމާތުދެއެވެ.
އެމްއެންޑިއެފުން ބުނީ، މި 2 މަސްބޯޓާމެދު ގާނޫނުގައިވާގޮތުގެ މަތިން އަމަލުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރުމަށް މިހާރުދަނީ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންކަމަށެވެ.