ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 12:00
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
މަޖިލިސް
ފިސްކަލް ޒިންމާގެ ބިލު
ކަންކަން ހާމަކުރާނެކަމަށް ބުނެ މިހާތަަނަށް ފެނުނީ ތުރުކީ ފުށް އެކަނި، ސަރުކާރުގެ އެތެރެފުށެއް ނުފެނޭ: ޒިޔާދު
ޚަަރަދު ކުޑަކުރަން ބޭނުންވާނަމަ ސިޔާސީ މުވައްޒަފުންގެ އަދަދު ފުރަތަމަ ހާމަކުރަން ޖެހޭ
ސިޔާސީ މަޤާމުތަކުގެ އަދަދުވެސް މިއަދާ ހަމައަށް ނޭނގޭ
މި ސަރުކާރު ވެރިކަމަށް އައީ ކަންކަން ހާމަ ކުރާނެކަމުގެ ވައުދާއެކު

ކަންކަން ހާމަކުރާނެ ކަމުގެ ވައުދާއެކު އައި ސަރުކާރުން ފެންނަމުންދަނީ އެއާ ދިމާ އިދިކޮޅު މަންޒަރުކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ކަންކަން ހާމަ ކުރާނެކަމުގެ ވައުދާއެކު ކަމަށެވެ.

މިހާތަނަށް ފެނުނީ ތުރުކީ ފުށް އެކަނި، ސަރުކާރުގެ އެތެރެފުށެއް ނުފެނޭ
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ، ސިޔާސީ މަޤާމުތަކުގެ އަދަދުވެސް މިއަދާ ހަމައަށް ނޭނގޭ ކަމަށާއި، ޚަަރަދު ކުޑަކުރަން ބޭނުންވާނަމަ ސިޔާސީ މުވައްޒަފުންގެ އަދަދު ފުރަތަމަ ހާމަކުރަން ޖެހޭ ކަމަށެވެ.

އޭގެ ބަދަލުގައި ސަރުކާރުން ގެންދަނީ އާންމު ރައްޔިތުންގެ ތަކުލީފުތައް އިތުރު ކުރަމުންކަން ފާހަގަ ކުރައްވައި ޒިޔާދު ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވާފައެވެ.

ޒިޔާދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ނިސްބަތްވާ ޕާޓީއަށް ހޯދައިދިނުމަށް ސަރުކާރުން އެތައް ހޭދައެއް ކޮށްފައިވާ ކަމަށާއި، އިޤްތިސާދީ ގޮތުން އިސްރާފު ބޮޑު ޚަރަދުތަކެއް މިއަދާ ހަމައަށް މި ސަރުކާރުން ކޮށްފައިވާ ކަމަށެވެ.

ސިޔާސީ މަޤާމުތަކުގެ އަދަދުވެސް މިއަދާ ހަމައަށް ނޭނގޭ ކަމަށް މެމްބަރު ޒިޔާދު ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީގައި، ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް އެދުމުންވެސް އެ މައުލޫމާތު ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގު ދެއްވާފައެއް ނުވެއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދެއް މިނިސްޓަރަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް މޮނިޓަރ ކުރަމުން އަންނަ ކަމަށާއި، ސިޔާސީ މުވައްޒަފުންގެ އަދަދު ޖެހޭނީ ސާފުކުރައްވަން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް
- ގުޅުންހުރި
މަޖިލިސް މެމްބަރުން އިތުރުވަމުން ދަނީ އޮބި ނޯންނަ ވަރަށް، ތިބެން ޖެހެނީ 72-80 މެމްބަރުން - ނާޒިމް
ޝަރީއަތް ނިމެންދެން ބަންދުގައި ތިބެންޖެހޭ މައްސަލައަށް ޙައްލު އަންނާނީ ޤާނޫނުގައި ބުނާ މުއްދަތަށް ކޯޓުން މައްސަލަތައް ނިންމައިގެން: ޕީޖީ
ސިއްރިއްޔާތުގައި މިނިސްޓަރު އިހުސާން މައުލޫމާތުތަކެއް ދެއްވަން ޖެހޭތީ 241 ކޮމިޓީ ސިއްރު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަނަށް ހުޅުވާލައިފި
މިއޮތް ތައުލީމީ ޒަމާނުގައި ތިމަންނާގެ ރޯލު މޮޑެލް އަކީ އަބްދުއްރަހީމް އޭ ބުނީމާ ދެން ތިޔަ ބޭފުޅުން ތަސައްވަރު ކުރައްވާ"
ތުރުކީ ސަފީރުކަމަށް ކުރީގެ ޗީފް އަބްދުއްރަޙީމް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ސަރުކާރު ކުންފުނިތަކުން ވައްކަން ކުރި މީހުންގެ ހަތަރެސްފައި ކަނޑަން ވިލިނގިލި މެމްބަރު ގޮވާލައިފި
ސިއްހީ ދާއިރާއާއި އެއާޕޯޓު ތަރައްގީ ކުރުމަށް ސައުދީ ފަންޑުން ނެގި ލޯނުގެ ތަފްސީލު މާލިއްޔަތު ކޮމިޓީއަށް ހިއްސާކޮށްފި