ކ. މާލެ
|
16 ޖޫން 2025 | ހޯމަ 18:58
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން: ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެއްވުމުގެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފުލުހުންނާމެދު ރައްޔިތުންގެ އޮތް އިތުބާރު ދެމެހެއްޓުމަށްކަމަށް
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން: ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރެއްވުމުގެ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފުލުހުންނާމެދު ރައްޔިތުންގެ އޮތް އިތުބާރު ދެމެހެއްޓުމަށްކަމަށް
ރާއްޖެއެމްވީ
މޯލްޑިވްސް ޕޮލިސް ސަރވިސް
ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ނުލިބުމަކީ ގިނަ ބައެއްގެ ޝަކުވާއެއް, އެކަން ރަނގަޅުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ސީޕީ
ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ނުލިބުމަކީ ލިބޭ ޝަކުވާއެއް ކަމަށާއި އެކަން ރަނގަޅުކުރުމަށް ދަނީ މަސައްކަތް ކުރައްވަމުން
ފުލުހުންގެ ތަހުގީގުތައްވެސް ކުރިއަށްވުރެ އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ބޮޑަށް ތަހުގީގުގެ ކަންކަން ރައްޔިތުންނަށް އެނގިގެންދާނެގޮތަށް ދަނީ ރާވަމުން

ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ނުލިބުމަކީ ވަރަށް ގިނަ ބައެއްގެ ފަރާތުން ލިބޭ ޝަކުވާއެއް ކަމަށާއި އެކަން ރަނގަޅުކުރުމަށް މިހާރު މަސައްކަތް ކުރައްވަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ސީޕީ ނަވީން ވިދާޅުވީ އެކްޓިން ކޮމިޝަނަރގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް އެންމެ އިސްކަމެއް ދެއްވީ ފުލުހުންގެ ޚިދުމަތާމެދެ ރައްޔިތުންގެ ތެރޭގައި އޮތް އިތުބާރު ދެމެހެއްޓުމަށްކަމަށެވެ.

ސިޕީ ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އެކަންކަން ހައްލުކުރުމަށް ފުލުހުންނަށް ކުރެވިދާނެ ކަންކަން ބަލައި އެގޮތަށް ފުލުހުންގެ މަސައްކަތްތައް ބައްޓަން ކުރައްވަމުންދާކަމަށެވެ.

ސިޕީ ނަވީން ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ނުލިބުމަކީ ވަރަށް ގިނަ ބައެއްގެ ފަރާތުން ލިބޭ ޝަކުވާއެއް ކަމަށެވެ. އަދި އެކަން ރަނގަޅުކުރުމަށްވެސް މިހާރު މަސައްކަތް ކުރައްވަމުންދާކަމަށެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގުތައްވެސް ކުރިއަށްވުރެ އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ބޮޑަށް ތަހުގީގުގެ ކަންކަން ރައްޔިތުންނަށް އެނގިގެންދާނެގޮތަށް ކަންކަން ބައްޓަންކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު، އިންވެސްޓިގޭޝަން ކަންކަން ވެސް މިއޮތީ ވަރަށް ކޮމްޕްލެކްސްކޮށް ކަމަށާއި ފުލުހުންގެ ތަހުގީގުތައް ބައްޓަން ކުރުމަކީ ހުރި ގޮންޖެހުމެއް ކަމަށެވެ. އެހެން ކަމުން އެކަންކަން ރަނގަޅު ކުރުމަށް ޓްރެއިން ކުރުމާއި ރީޓްރެއިން ކުރުމާއި ސުޕަވައިޒަރސްގެ ސްކިލްސް ބިލްޑް ކުރުމަކީވެސް ކުރައްވާނޭ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ ޤާނޫނީ ޒިންމާއަދާކުރުމުގައި މިހާރަށްވުރެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ރައްޔިތުންނާއި ފުލުހުންނާމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އައު ކަންކަން ފެށުމަށްވުރެ ބޮޑަށް މިހާރު ފަށާފައިވާ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަށް އިސްކަން ދެއްވާނެކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން، އަވައްޓެރި ފުލުހުންނަކީ ކާމިޔާބު މަސައްކަތެއް ކަމަށާއި އެކަންވެސް ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޓެކްނޮލޮޖީގެ ޒަރީއާއިން ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވިއެވެ.

- ކޮމެންޓް