Advertisement
ކ. މާލެ
|
19 ޖޫން 2024 | ބުދަ 18:29
ޕޮލިހެއް މަގުތައް ޕެޓްރޯލްކުރަނީ
ޕޮލިހެއް މަގުތައް ޕެޓްރޯލްކުރަނީ
ޕޮލިސް
ކުށުގެ މައްސަލަތައް އިތުރުވުން
ބަންދު ނުކުރެވިގެން އުޅެނީ މި ސަރުކާރުން ދޫކޮށްލި ކުށްވެރިން؟
ކުރީ ސަރުކާރުގައި މައާފުދިން މީހުންނަކީ ޝަރުތުތަކާއި ހިލާފުވެއްޖެނަމަ ބަންދުކުރެވޭނެ މީހުން
ކުށްކުރުން އިތުރުވެފައިވާއިރު އެކަން ހައްލުކުރަން ފުލުހުން ވަނީ ނުކުޅެދިފައި

އެމްޑީޕީގެ ސަރުކާރުން މައާފް ދިން މީހުންނާއެކު އެއްބަސްވުމެއް އޮންނާނެ ކަމަށާއި، ކުށެއްގެ ތުހުމަތުގައި ބަންދަން މީހަކު ނުގެންދެވޭނެ އެއީ އެމްޑީޕީ ސަރުކާރުގައި މައާފުދިން މީހެއް ނޫން ކަމަށް ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކޭޓްރީ ފޯ ލީގަލް އެފެއާޒް އަހުމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކޭޓްރީ ފޯ ލީގަލް އެފެއާޒް އަހުމަދު މައުރޫފް މިފަދައިން ވިދާޅުވީ، މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއް ނެތި މުޖުތަމައުއަށް ދޫކޮށްލާފައި ވާތީ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން ވިދާޅުވި ވާހަކައާއި ގުޅިގެންނެވެ.

Advertisement

ދާދި ފަހުން ސަރުކާރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސްގެ މަގަމަށް ޕްރޮމޯޓްކުރި އަހުމަދު ޝިފާން ވިދާޅުވެފައިވަނީ ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުމެވެ. އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށް އޭނާ ވިދާޅުވިއެވެ.

ޝިފާންގެ މި ވާހަތަކަށް ރައްދު ދެއްވާ ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކޭޓްރީ ފޯ ލީގަލް އެފެއާޒް އަހުމަދު މައުރޫފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ބައެއް މީހުންނަށް މާފުދީ ދޫކޮށްލާފައިވަނީ 1 އަހަރުގެ ޝަރުތާއެކު ކަމަށެވެ. އަދި 1 އަހަރު ތެރޭ ކުށެއް ކޮށްފިއްޔާ އަނބުރާ ޖަލަށް ގެންގޮސް ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފެށޭނެ ގޮތަށް ކަމަށެވެ.

މައުރޫފް ވިދާޅުވީ މިހާރު ކުށްކޮށްގެން އެ އުޅެނީ އޭގެ މީހުން ނަމަ، އިތުރު ކުރުމަކާ ނުލައި ބަންދަށް ގެންދެވޭނެ ކަމަށެވެ. އަދި ބަންދަށް ނުގެންދެވުމުން އިނގެނީ މިހާރު ކުށްކޮށްގެން އުޅެނީ ކުރިން ދޫކޮށްލި މީހުން ނޫން ކަމަށެވެ.

މައުރޫފް ވިދާޅުވީ ޒިންމާ އަދާނުކޮށް ފުލުހުން ވެސް "ކުރީ ސަރުކާރު ކުރީ ސަރުކާރު" ކިޔަން ނުކުތުމުން އަލު މައްސަލަތައް އޮންނާނި ހައްލުނުވެ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން 434 މީހުން ދޫކޮށްލި ކަމަށް ފުލުހުން ބުނާއިރު، މި ވެރިކަން ފެށުނު ފަހުން، މަޖިލިސް އިންތިހާބާއި ދިމާކޮށް ބޮޑެތި ކުށްވެރިން ވަނީ ދޫކޮށްފައެވެ. އަދި އެފަހުން މާލެ ތެރޭގައި އަމާންކަން ގެއްލި މާރާމާރީ އިތުރުވެ އަމްނަ ވަނީ ނަގާލާފައެވެ. އަދި ފުލުހުންގެ ދައުރު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް ބުނެ އާންމުންގެ ފާޑުކިއުންވެސް ވަނީ އިތުރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް