Advertisement
ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 13:20
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
ރަށްވެހި ދަނޑުވެރިކަން
"ކޮމިއުނިޓީ އަރބަން ފަރމިން"ގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ޒުވާނުންނަށް ފުރުސަތު ހުޅުވާލައިފި
ބިން ބޭނުންވާ މީހުން، ޖޫން 12 ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭ
ފުރުސަތު ހުޅުވާލާފައި ވަނީ ޒުވާނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް

"ރަށްވެހި ދަނޑުވެރިކަން" ނުވަތަ "ކޮމިއުނިޓީ އަރބަން ފަރމިން" މަޝްރޫޢު އިން ބިން ކުއްޔަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކަމާއި ގުޅޭ ގޮތުން އެޗްޑީސީގެ އޮފިޝަލަކު ރާއްޖެ އެމްވީ އަށް ވިދާޅުވީ ފުރުސަތު ހުޅުވާލާފައި ވަނީ ޒުވާނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ކެޓަގަރީތަކުން ބިން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެނާ ވިދާޅުވިއެވެ. އެ މަޝްރޫޢުގެ ދަށުން، ޒުވާނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ އިން ބިން ބޭނުންވާ މީހުން، [email protected] އަށް ޖޫން 12ގެ 23:59ގެ ކުރިން އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފޮނުވުން ޖެހެއެވެ.

Advertisement

މީގެ އިތުރުން މި މަޝްރޫޢު އާއި ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ. އަދި 3353535 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް