ކ. މާލެ
|
4 ޖުލައި 2024 | ބުރާސްފަތި 09:14
ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީއަކަށް އައްޔަންކުރެވުނު ބޭފުޅާ
ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީއަކަށް އައްޔަންކުރެވުނު ބޭފުޅާ
ރާއްޖެއެމްވީ
ސިޔާސީ މަގާމުތައް އިތުރުވުން
ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި
އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ އަލީ އާރިފު އާއި އާއިލީ ގުޅުން އޮތް ފަރާތެއް

ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފިއެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީއަކަށް އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެ އަލީ އާރިފު އާއި އާއިލީ ގުޅުން އޮތް ފަރާތެކެވެ.

ސިޔާސީ މަގާމުތަކަށް މީހުން ނެގުން ހުއްޓާލާފައިވާކަމަށް ސަރުކާރުން ބުނެފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ގުޅުން އޮންނަ ފަރާތަކަށްވެސް ވަނީ އަންގާރަ ދުވަހު ސިޔާސީ މަގާމެއް ދީފައެވެ.

އެންވަޔަރމަންޓް މިނިސްޓްރީއަށް ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި އައްޔަންކުރައްވާފައިވަނީ ފަޒުނާ ޖަލީލެވެ.

މި ސަރުކާރުން ވެރިކަމަށް އައީ އެމްޑީޕީގެ ސަރުކާރުން ސިޔާސީ މުވައްޒަފުން ގިނަކަމަށް ބުނެ ފާޑުކިޔުމަށްފަހުގައި 700ށް ވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުނުކުރާނެކަމުގެ ވައުދާއެކުއެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު އެތައް ގުނައެއް އިތުރުވެފައިވާއިރު، އެ އަދަދު ހާމަކުރަން ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް