ކ. މާލެ
|
1 މެއި 2024 | ބުދަ 10:29
ކޮންގްރެސްގައި މިނިސްޓަރު ރާފިޢު ޕްރެޒެންޓޭޝަން ހުށަހަޅުއްވަނީ
ކޮންގްރެސްގައި މިނިސްޓަރު ރާފިޢު ޕްރެޒެންޓޭޝަން ހުށަހަޅުއްވަނީ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
އޭޝިއަން ފެޑެރޭޝަން އޮފް ސްޕޯޓްސް މެޑިސިން ކޮންގްރެސްގައި ސްޕޯޓްސް މިނިސްޓަރު ރާފިޢު ބައިވެރިވެވަޑައިގެންފި
 
ކޮންގްރެސްގައި މިނިސްޓަރު ރާފިޢު ވަނީ ރާއްޖޭގެ "ލޯންގް ޓާމް ޑިވެލޮޕްމަންޓް އެންޑް ސްޓްރެޓެޖިކް ޕްލޭނިން އޮފް ސްޕޯޓްސް" އާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައި

އޭޝިއަން ފެޑެރޭޝަން އޮފް ސްޕޯޓްސް މެޑިސިން ކޮންގްރެސް އަދި އަށް ވަނަ އައިއެސްއެން އިންޓަނޭޝަނަލް ސްޕޯޓްސް މެޑިސިން އެންޑް ސްޕޯޓްސް ސައިންސް ކޮންފަރެންސްގައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންފި އެވެ.

މިއީ މީގެ 18 ވަނަ ކޮންފަރެންސް އެވެ. މެލޭޝިޔާގައި މި ކޮންފަރެންސް ކުރިއަށް ގޮސްފައި ވަނީ އޭޕްރީލް މަހުގެ 26 އިން 28 ގެ ނިޔަލަށެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ މި ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވީ، މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ޑރ. ވަން އަޒިޒަހް ވަން އިސްމާއީލް އެވެ.

ކޮންގްރެސްގައި މިނިސްޓަރު ރާފިޢު ވަނީ ރާއްޖޭގެ "ލޯންގް ޓާމް ޑިވެލޮޕްމަންޓް އެންޑް ސްޓްރެޓެޖިކް ޕްލޭނިން އޮފް ސްޕޯޓްސް" އާ ގުޅޭ ގޮތުން ތަފްސީލީ ޕްރެޒެންޓޭޝަނެއް ކޮންގްރެސްގެ އެންމެހައި ބައިވެރިންނަށް ހުށަހަޅުއްވައިފަ އެވެ.

މީގެ އިތުރުން، އެ ކޮންގްރެސްގެ ތެރެއިން މިނިސްޓަރ ރާފިޢު ވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ޑރ. ވަން އަޒިޒަހް ވަން އިސްމާއީލް އަދި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ހަންނާހް ޔެއޯ އާ ބައްދަލުކުރައްވައި، ރާއްޖޭގެ ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މެލޭޝިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެމްއޯޔޫ އެއްގައި ވަރަށް އަވަހަށް ސޮއިކުރައްވާނެ ކަމަށް ކުޅިވަރު ވުޒާރާ އިން ވަނީ ހާމަކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް