ކ. މާލެ
|
27 އޭޕްރިލް 2024 | ހޮނިހިރު 17:51
ޣައްޒާ އަށް އިސްރާއިލުން ދިން ހަމަލާ އަކަށްފަހު ދިރިތިބި މީހުން ހޯދަނީ
ޣައްޒާ އަށް އިސްރާއިލުން ދިން ހަމަލާ އަކަށްފަހު ދިރިތިބި މީހުން ހޯދަނީ
ވަޔަން
އިސްރާއިލް ހަމާސް ހަނގުރާމަ
ހޮސްޓެޖުން މިނިވަންކުރުމާބެހޭ ޑީލް އެއްހޯދުމަށް މިސްރަށް މިދިނީ ފަހު ފުރުސަތު ކަމަށް އިސްރާއިލުން ބުނެފި
 
އިސްރާއިލްން ބުނެފައިވަނީ ހަމަލާތައް ހުއްޓާލާފަ އޮންނަ މުއްދަތު ގުޅޭނީ ދޫކުރާ ހޮސްޓެޖުންގެ އަދަދާ ކަމުގަ

ރަފަހަށް ހަމަލާދޭން ފެށުމުގެ ކުރިން އިސްރާއިލުގެ ހޮސްޓެޖުން މިނިވަން ކުރުމާބެހޭ "ޑީލް" އެއް ހޯދާދިނުމަށް މިސްރަށް މިދިނީ ފަހު ފުރުސަތު ކަމަށް އިސްރާއިލުން ބުނެފި އެވެ.

އަރަބި ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއިލުގެ ހޮސްޓެޖުން މިނިވަން ކުރޭތޯ ބެލުމަށް ކުރިއަށްދާ މަޝްވަރާތަކުގައި މިސްރުން އަދާ ކުރަނީ މެދުވެރިއެއްގެ ދައުރެވެ. އަދި މިވާހަކަތައް ވަނީ ހުކުރު ދުވަހު ނިންމާލާފައެވެ. މަޝްވަރާ ތަކަށް ފަހު ދެފަރާތުގެ އޮފިޝަލުންވެސް ބުނެފައިވަނީ ވާހަކަތައް ރަގަޅު ކަމަށެވެ.

ޗެނެލް 12 ނިއުސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހޮސްޓެޖުން މިނިވަން ކުރުމުގެ ކަންތައް ދިގުދަންމާލައިގެން، އިސްރާއިލްގެ ބާރު ތަކުން ރަފަހަށް ދޭން ރާވާފައިވާ ހަމަލާތައް ފަސްކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އިސްރާއިލުން ވަނީ ބުނެފައެވެ. އަދި ރަފަހަށް އެރުމުގެ ކުރިން ޑީލެއް ހަދަން ދޭނެ މިއީ ފަހު ފުރުސަތު ކަމަށް އިސްރާއިލުން ބުނެފައިވާ ކަމަށް ޗެނެލް 12 ނިއުސްއިން ރިޕޯޓް ކޮށްފައި ވެއެވެ.

ހަމާސްއާއި ފަލަސްތީންގެ ހަތިޔާރު އެޅި ޖަމާއަތް ހަމާސްއާ ދެމެދު މިހާރު ކުރިޔަށް ދާ ހަނގުރާމަ ހުއްޓުވޭނެ މަގެއް އޮތްތޯ ބެލުމަށް ކުރިޔަށް ގެންދިޔަ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާ ކޮށްފައިވަނީ މިސްރާއި ޤަތަރުންނެވެ.

ރަފަހް އޮންނަނީ މިސްރާ އިންވެގެން ކަމުން މިސްރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިސްރާއިލްގެ ބާރުތަކުން ރަފަހަށް ހަމަލާދޭން ފަށައިފި ނަމަ ފަލަސްތީންގެ ގިނަ އަދަދެއްގެ ބަޔަކު މިސްރުގެ ސަރަހައްދަށް ވަންނާނެތީއެވެ. އަދި މިކަމުން މިސްރުގެ ސަލާމަތާ ރައްކާތެރިކަމަށް ވެސް ބިރުބޮޑުވެގެން ދާނެތީ އެވެ.

ޣާއްޒާއަށް އިސްރާއިލުން ހަމަލާދޭން ފެށިފަހުން ވެސް ފަލަސްތީންގެ މިލިއަނެއްހާމީހުން ވަނީ ރަފަހަށް ބަދަލުވެފައެވެ.

ވާހަކަތައް ނިންމާލިކަން އިއުލާން ކުރަމުން އިސްރާއިލްގެ އޮފިޝަލެއް ބުނެފައިވަނީ ހަމަލާތައް ހުއްޓާލާފަ އޮންނަ މުއްދަތު ގުޅޭނީ ދޫކުރާ ހޮސްޓެޖުންގެ އަދަދާ ކަމުގައެވެ. ހަމާސް އިން މިގޮތް ބޭނުން ނުވާނަމަ ޕްލޭން އާއެއްގޮތަށް ރަފަހް ހަމަލާތައް ކުރިޔަށް ދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް