ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 12:21
ހޯރަފުށި އެއާޕޯޓުގައި މައްސަލަ ދިމާވި މޯލްޑިވިއަން ފްލައިޓް
ހޯރަފުށި އެއާޕޯޓުގައި މައްސަލަ ދިމާވި މޯލްޑިވިއަން ފްލައިޓް
ރާއްޖެއެމްވީ
މޯލްޑިވިއަންގެ ފްލައިޓަށް މައްސަލަ ދިމާވުން
ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި
ދިމާވީ ކޮން މައްސަލައެއް ކަމެއް ނޭނގޭ
ފުރޭނެ ވަކި ވަގުތެއް ނޭނގޭ
މި މައްސަލައާ ގުޅިގެން މޯލްޑިވިއަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި

ހއ.ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފިއެވެ.

ރާއްޖެއެމްވީއަށް ހޯރަފުށީ އެއާޕޯޓުގައި މަސައްކަތް ކުރާ އިސްބޭފުޅެއް ވިދާޅުވީ ފްލައިޓަށް ދިމާވީ ކޮން މައްސަލައެއް ކަމެއް ނޭނގޭ ކަމަށާއި، ފްލައިޓް ސްޓާޓްނުވުމުން ހުރިހާ ޕަސިޖަރުން ބާލުވާފައިވާ ކަމަށެވެ. ފްލައިޓަށް ދިމާވި މައްސަލަ ދެނެގުމުގެ މަސައްކަތްތައް ކުރަމުންދާއިރު، އިންޖިނިއަރެއް އެރަށަށް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިމާވީ ކޮން މައްސަލައެއް ކަމެއް ނޭނގޭ ކަމަށާއި، ފުރޭނެ ވަކި ވަގުތެއް ނޭނގޭ ކަމަށެވެ.

މައްސަލަ ދިމާވެފައިވަނީ މޯލްޑިވިއަންގެ Q2 471 ގެ ފްލައިޓަށެވެ. މި ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 11:05 ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެއަށް ފުރޭނެ ވަކި ވަގުތެއް ނޭނގޭތީ އެއާޕޯޓުގައި ގިނަ ޕަސެންޖަރުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން މޯލްޑިވިއަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް