ކ. މާލެ
|
7 އޯގަސްޓް 2025 | ބުރާސްފަތި 20:22
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އޭޕީ
ޣައްޒާ ހަނގުރާމަ
ނަތަންޔާހޫ ބޭނުން ވަނީ މުޅި ޣައްޒާ ހިފަން ކަމަށް ބުނެފި
ޣައްޒާގެ މުޅި ސަރަޙައްދު އަސްކަރީ ގޮތުން ކޮންޓްރޯލް ކުރުމަށް ނަތަންޔާހޫ ބޭނުންވާ ކަމަށާއި އެހެންނަމަވެސް އެތަނުގެ ދާއިމީ ވެރިކަމެއް ނުކުރާނެ ކަމަށާއި، ހަމައެކަނި ސަލާމަތީ ސަރަހައްދެއް ގާއިމުކުރުމަށް ބޭނުންވާ ކަމަށް ނަތަންޔާހޫ ހާމަ ކުރި.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުން ވަނީ މުޅި ފަލަސްތީނުގެ މުޅި ޣައްޒާ ހިފަން ކަމަށް ބުނެފިއެވެ.

ބުރާސްފަތި ދުވަހު އޭނާ ހާމަ ކުރި ގޮތުގައި އިސްރާއީލުން ގަސްތުކުރަނީ ޣައްޒާ ގެ މުޅި ސަރަޙައްދު އަސްކަރީ ގޮތުން ކޮންޓްރޯލް ކުރުމަށް ކަމަށާއި، އަދި ފަހުން އެ ސަރަޙައްދު ގެ ވެރިިކަން ހިންގުމަށް އަސްކަރިއްޔާ އާ ހަވާލު ކުރުމަށް ކަމަށެވެ.

ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި، 26 މޭލުގެ މުޅި ސަރަޙައްދު ކޮންޓްރޯލް ކުރާނެތޯ އެހުމުން ނަތަންޔާހޫ ވިދާޅުވީ "އަޅުގަނޑުމެން ގަސްތުކުރަނީ އެގޮތަށް" ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ އެތަން ބާއްވާކަށް. އަޅުގަނޑުމެން ބޭނުން ވަނީ ސަލާމަތީ ސަރަހައްދެއް އެތަނުގެ ވަށައިގެން ގާއިމު ކުރަން. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެތަނުގެ ވެރިކަން ކުރާކަށް. އަޅުގަނޑުމެން ބޭނުމެއް ނުވޭ ވެރިކަން ކުރާ ފަރާތެއްގެ ގޮތުގައި އެތާ ތިބޭކަށް." އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް