ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 17:29
ހިޒްބުﷲ އިން އިޒްރޭލުން ހިފާފަައިވާ ބިމުގައިވާ އާކޯ ސަރަހައްދަށް ދިން ހަމަލާގެ ސަބަބުން އެ ސަރަހައްދުން ބޯ ދުން އަރަނީ
ހިޒްބުﷲ އިން އިޒްރޭލުން ހިފާފަައިވާ ބިމުގައިވާ އާކޯ ސަރަހައްދަށް ދިން ހަމަލާގެ ސަބަބުން އެ ސަރަހައްދުން ބޯ ދުން އަރަނީ
ޕްރެސް ޓީވީ
ލުބުނާން-އިޒްރޭލް ހަނގުރާމަ
ހިޒްބުﷲ އިން އިޒްރޭލުގެ ތިން ސިޓީ އަކަށް ހަމަލާދީފި، ބުނީ މިއީ ފެށުމެއް ކަމަށް
ހިޒްބުﷲ ގެ އަތުގައި އެކަށީގެންވާ އަދަދަކަށް ހަތިޔާރާއި، ލުބުނާނު ދިފާޢުކުރުމަށް ޝަހީދުވުމަށް ތައްޔާރަށް ތިބި އެތައް ހާސް ހަނގުރާމަވެރިން ތިބިކަމަށް އެ ޖަމާއަތުގެ ތަރުޖަމާނު ވަނީ ބުނެފައި

އިޒްރޭލުން ގަދަކަމުން ހިފާފައިވާ ބިމުގައި ހިމެނޭ ތިން ސިޓީއެއް ކަމަށްވާ ހައިފާ، ސްފާޑް އަދި އާކޯ އަށް ލުބުނާންގެ ހިޒްބުﷲ އިން ހަމަލާދީފި ކަމަށާއި މިއީ އަދި ފެށުމެއް ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

ހިޒްބުﷲ ގެ މީޑިއާ ރިލޭޝަންސް އޮފީހުގެ ވެރިޔާ، ހާޖީ މުޙައްމަދު އަފީފް، ވަނީ އިޒްރޭލުގެ ސިޓީތަކަށް އަމާޒުކޮށް ދެވުނު ހަމަލާތަކާ ގުޅޭގޮތުން ހުކުރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދީފައެވެ.

"އަދުއްވުންނަށް އަހަރެމެން ބުނަން ބޭނުންވަނީ، ތިޔަ ފެނުނީ އަހަރެމެންގެ ޤާބިލުކަމުގެ ކުޑަ މިންވަރެއް،" އޭނާ ބުންޏެވެ.

އޭނާ ބުނީ، ހިޒްބުﷲ ގެ އަތުގައި އެކަށީގެންވާ އަދަދަކަށް ހަތިޔާރާއި، ލުބުނާނު ދިފާޢުކުރުމަށް ޝަހީދުވުމަށް ތައްޔާރަށް ތިބި އެތައް ހާސް ހަނގުރާމަވެރިން،" ތިބި ކަމުގައެވެ.

އިޒްރޭލުން ލުބުނާނަށް ދޭން ފެށި މަރުގެ ހަމަލާތައް އިތުރުކުރުމާއެކު، އިޒްރޭލުގެ ބާރުގެދަށުގައިވާ ސަރަޙައްދުތަކަށް ހިޒްބުﷲ އިން ވަނީ ފާއިތުވި އޮކްޓޯބަރު މަހުން ފެށިގެން އެތައް ސަތޭކަ ރައްދު ހަމަލާ ދީފައެވެ.

އިޒްރޭލުގެ އަނިޔާވެރިކަމާ ބެހޭގޮތުން ވާހަކަދައްކަމުން، އަފީފް ވަނީ ހަތިޔާރު ގުދަންތައް ހުރި ކަމަށް ބުނެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް އިޒްރޭލުން ހަމަލާތައް ދޭތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހުރި އެމެރިކާގެ އެމްބަސީއަކީ "ލުބުނާނުގެ އާންމު ރައްޔިތުންނާއި ސިއްހީ ޚިދުމަތްތެރިންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތަކުގައި ބައިވެރިވެ، އެކަމުގައި ހިމެނޭ ފަރާތެއް" ކަމަށެވެ.

ހިޒްބުﷲގެ އޮފިޝަލް ވަނީ އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމާ ގުޅިގެން އދ އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އަނެއްކޮޅުން އިޒްރޭލުން ވަނީ ދެކުނު ލުބުނާނުގެ 22 އަވަށަކުން ވަގުތުން މީހުން ފޭބުމަށް އަމުރުކޮށްފައެވެ.

އިޒްރޭލު ޑިފެންސް ފޯސްގެ ތަރުޖަމާނު ބުނެފައިވަނީ އިޒްރޭލު ސިފައިން "އާންމު ރައްޔިތުންނަށް ގެއްލުން ދިނުމަކަށް ނޫޅޭ" ކަމަށާއި، އެމީހުން ހަމަލާދެނީ ހިޒްބުﷲ ހަނގުރާމަވެރި ގްރޫޕާ ދެކޮޅަށް ކަމަށެވެ.

"އާންމުންގެ ރައްކާތެރިކަމަށްޓަކައި، އެންމެން ވަގުތުން ވަގުތަށް ގެދޮރު ދޫކޮށް ދާންޖެހޭނެ. ހިޒްބުﷲ ގެ މެންބަރުންނާއި، ހިޒްބުﷲގެ ވަސީލަތްތަކާއި ނުވަތަ ހަތިޔާރުތަކާ ކައިރީގައި ހުންނަ ކޮންމެ މީހަކީ ފުރާނައަށް ނުރައްކާވެފައިވާ ފަރާތެއް" ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް