Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2024 | އާދީއްތަ 05:47
ފައްޔާޒް އިސްމާއިލް
ފައްޔާޒް އިސްމާއިލް
ރާއްޖެއެމްވީ
އިގްތިސާދީ ދާއިރާގެ ޖަމިއްޔާ
ރާއްޖޭގައި އެކި ދައިރާތަކަށް ލޮބީ ކުރާނެ އެސޯސިއޭޝަންތައް އޮތުން މުހިންމު - ފައްޔާޒް
އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި އެންމެންގެ ޚިޔާލާއި އެކު ކަންކަން ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައިވޭ
އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލް މެދުވެރިކޮށް ޖަމިއްުޔާތަކަށް އިތުރު ބާރުވެރިކަން ހޯދާ ދިނުމަށް ނިމިދިޔަ ސަރުކާރުން މަސައްކަތް ކުރި

ރާއްޖެ އަކީ ސިޔާސިގޮތުން ޑިމޮކްރަޓިކް މުޖުތަމައުއަކަށް ދަތުރު ކުރަމުންދާ ޤައުމެއް ކަމަށާއި، އެެހެންކަމުން ރާއްޖޭގައި އެކި ދައިރާތަކަށް ލޮބީ ކުރާނެ އެސޯސިއޭޝަންތައް އޮތުން ވަރަށް މުހިންމު ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެފަދައިން ވިދާޅުވީ މޯޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، 2006 ވަނަ އަހަރުން ފެށިގެން ހުއްޓުމެއް ނެތި ދުނިޔޭގެ އިގްތިސާދަށް ކެނޑިނޭޅި އަސަރުކުރަމުންދާ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަކީ ކުޑަ ޤައުމަކަށް ވުމާއި އެކު ރާއްޖޭގެ އިގްތިސާދަށް ވެސް ދުނިޔޭގެ އިގްތިސާދަށް ކުރާ އަސަރުގެ ސަބަބުން ލޮޅުންތައް އަންނަ ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ފާއިތުވި 15-20 އަހަރަކީ ރާއްޖެއިން ވަރަށް ބޮޑެތި ބަދަލުތަކެއް ދެކެފައިވާ އަހަރުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޑިމޮކްރެޓިކް މުޖުތަމައު އަކަށް ކުރި ދަތުރުގައި މީގެ 15 އަހަރު ކުރިއާއި މިހާރާއި ވަރަށް ބޮޑަށް ތަފާތުކަން ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ. މިއަދު ވަރަށް މިނިވަންކަމާއި އެކު ކަންކަމާއި މެދު ވަކާލާތުކުރުމުގެ ޖާގަ މިއަދު އެބަ އޮތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ވިޔަފާރިވެރިންނާއި، އާއްމުން އަދި ސަރުކާރަށް އެންމެ ފައިދާވާ ގޮތަކަށް ހުރިހާ އެންމެންގެ މެދުގައި މަޝްވަރާކޮށްގެން ހަމަޖެހޭ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވަޒީރުކަމުގައި ހުންނެވި އިރު އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލް މެދުވެރިކޮށް ޖަމިއްުޔާތަކަށް އިތުރު ބާރުވެރިކަން ހޯދާދެއްވަން މަސައްކަތްކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް ރިލޭޝަން މިހާރު ފާސްކޮށް ޤާނޫނަކަށް ހަދާފައިވާއިރު މިހާރު އެކަމާއި ގުޅޭ ތަންފީޒީކަންކަން ފެށިފައިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެ ޤާނޫނާއި އެކު އިގްތިސާދާއި ގުޅޭ ޖަމިއްޔާތައް އުފެދި ދައުލަތާއި އެކު ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަަމަށް އުންމީދުކުރައްވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. މި ޤާނޫނުގެ މަޤްސަދަކީ ދޫދީގެން، ކަންކަމުގައި އެންމެ ރަނގަޅު ގޮތް ހޯދުން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ފައްޔާޒް ވަނީ އެފަދަ މަސައްކަތްތައް ކުރުމަށް ޖަމިއްޔާ އެއް އޮތުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އަދި އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި އެންމެންގެ ޚިޔާލާއި އެކު ކަންކަން ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް