ކ. މާލެ
|
28 ފެބްރުއަރީ 2025 | ހުކުރު 14:58
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު
ދަރިންނާ ދަރިންގެ ދަރިންނަށްޓަކައި މިޤައުމު ސަލާމަތްކުރަން ޖެހޭ

ދިވެހި ރައްޔިތުން މިހާރު ދެން ކުރަން އޮތް ކަމަކީ އިހްތިޖާޖުކޮށް މިވެރިކަން ނިންމުމަމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމުގައި އެމްޑީޕީގެ ޗެއަރޕާޝަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޒު އެހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީގެ ހަރުގޭގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ ރައީސް މުޢިއްޒު ކަންކަން ކުރައްވާ ގޮތުން ދަރިންނާ ދަރިންގެ ދަރިންނަށްޓަކައި މިޤައުމު ސަލާމަތްކުރަން ޖެހޭކަން ވިސްނާލުމުން ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ. އަދި މުޢިއްޒުގެ ވިސްނުން އެހުރީ ޚުދުމުހުތާރު ވެރިކަމެއް ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ޤައުމު މިހާލަތުގައި އޮތް ވަގުތުތަކެއް ދިޔަކަމަށާ، އެހެން ނަމަވެސް ހާލަތު ބަދަލުވެގެންދިޔައީ ބިރުކަނޑާލުމަށްފަހު، ބިރުފަހަނައަޅާ ގޮސް އެދުވަހު ވެސް އެމްޑީޕީ މެމްބަރުން ކުރި މަސައްކަތުން ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ގިނަ ބަޔަކު ތިބީ އެކި ސަބަބުތަކާއި ގުޅިގެން ބިރުވެރިކަމެއްގައި ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ހަމައެއާއެކު މި ސަރުކާރުން ރައްޔިތުން ނިކަމެތިކޮށްފައިވާ މިންވަރުގެ ހެއްކަކަށް މަސްދަޅު ކިޔު ފުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއްގައި ވޯޓުލާން ފުރުޞަތު ލިބިއްޖެނަމަ ރައީސް މުޢިއްޒު ބަލިވާނެ ކަމަށެވެ. އެހެން ނަމަވެސް މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވުމަށް ކަންތައްތަކެއް މިހާރުން ފެށިގެން ކުރަމުންގެންދާ މަންޒަރު އޭނާއަށް ފެންނަން ފަށައިފި ކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް