ކ. މާލެ
|
20 ސެޕްޓެންބަރ 2023 | ބުދަ 14:52
މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ
މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ
ގޫގުލް
މެންޗެސްޓާ ޔުނައިޓެޑް
އޮނާނާގެ ބަދަލުގައި ޔުނައިޓެޑުން އައު ކީޕަރެއް ހޯދަނީ
ޔުނައިޓެޑުން ފާރަލަމުންދަނީ ޕޯޓޯގެ ކީޕަރު ސްވިޒަލޭންޑްގެ ޑިއެގޯ ކޯސްޓާ އަށް

ކެމަރޫނުގެ ކީޕަރު އަންދްރޭ އޮނާނާގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓެޑުން އައު ކީޕަރެއް ހޯދުމަށް މަސައްކަތް ފަށާފައިވާކަމަށް އިނގިރޭސި ނޫސްތަކުން ބުނަން ފަށައިފި އެވެ.

މެންޗެސްޓާގައި ނެރޭ ނޫސްތަކުގެ ސްޕޭން ސަޕްލިމަންޓްތަކުން ބުނާ ގޮތުގައި ޔުނައިޓެޑުން ފާރަލަމުންދަނީ ޕޯޓޯގެ ކީޕަރު ސްވިޒަލޭންޑްގެ ޑިއެގޯ ކޯސްޓާ އަށެވެ. އޭނާ ގަތުމަށް 60 ނުވަތަ 70 މިލިއަން ޔޫރޯ ހޭދަކުރަން ޔުނައިޓެޑް ދަނީ ތައްޔާރުވަމުންނެވެ.

ޔުނައިޓެޑުން މި ސީޒަން ފެށުމުގެ ކުރިން އޮނަނާ ގަތީ އިޓަލީގެ އިންޓަމިލާނަށް ޕްރެޝަރުކޮށްގެންނެވެ. އެކުލަބުން ކުޅުންތެރިޔާ ދޫކޮށްލީ 55 މިލިއަން ޔޫރޯގެ ފީއެއް ދިނުމުންނެވެ. އޮނާނާ އަކީ ކޯޗު އެރިކް ޓެންހަގްގެ ހޮވުމެކެވެ. ނަމަވެސް އޮނާނާ އަށް ޔުނައިޓެޑްގެ ސަޕޯޓަރުންގެ ރުހުމެއް ނުހޯދުނެވެ.

އޭނާ ބަލަހައްޓަމުން އަންނަ ގޯލަށް ފުރަތަމަ ފަސް މެޗުގައި ވަނީ 10 ގޯލު ވަދެފަ އެވެ. މިއީ އަލަށް ޕްރޮމޯޓްވެ، މިހާތަނަށް މެޗަކުން މޮޅުނުވެ އޮތް ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ވަން ގޯލަށްވުރެ ވެސް ގިނަ އަދަދެކެވެ.

ޔުނައިޓެޑްގެ ކުރީގެ ބައެއް ކުޅުންތެރިން ވެސް ސްޕޭނުގެ ތަޖުރިބާކާރު ކީޕަރު ޑޭވިޑް ޑެހެޔާ ދޫކޮށް ކޯޗު ޓެންހަގް ގެނައި ކީޕަރު އޮނާނާގެ ކުޅުމަށް ފާޑުކިޔައިފަ އެވެ. އެއް ބަޔަކު ބުނަނީ ޑިފެންޑަރުންނާއި ކީޕަރާ އެއްވެސް ގުޅުމެއްނެތް ކަމަށެވެ. އަނެއް ބަޔަކު ފެންމަތިކުރާ މައްސަލައަކީ ބައެއް ކުޅުންތެރިންނަށް އޮނާނާ އިހްތިރާމް ކުޑަކުރާ ކަމުގެ ތުހުމަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް