ޓީމްގެ ތަރި ހާލާންޑް މެންޗެސްޓަރ ސިޓީއަށް ވިއްކާލުމަށްފަހު ޗެމްޕިއަންސްލީގުގައި ކުޅުނު ފުރަތަމަ މެޗުން ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް ފުރިހަމަ މޮޅެއް ހޯދައިފިއެވެ.
މެންޗެސްޓަރ ސިޓީވެސް ހިމެނޭ ގްރޫޕް ޖީގައި ޑޯޓްމަންޑް ކުޅުނު ފުރަތަމަ ފުޓުބޯޅަ މެޗު އެފްސީ ކޯޕަންހޭގަންއާ ވާދަކޮށް ކާމިޔާބުކުރީ 3-0 ނެވެ. ޑޯޓްމަންޑުން ލީޑް ނެގީ ފުރަތަމަ ހާފް ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ރެއުސްއެެވެ. އޭގެ ހަ މިނެޓް ފަހުން, ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޑޯޓްމަންޑްގެ ދެވަނަ ލަނޑު ޖެހީ ގުއެރެއިރޯއެވެ. ތިންވަނަ ލަނޑު ބެލިންގހަމް ޖެހީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށެވެ. މުޅި މެޗު ކޮންޓްރޯލްކޮށް ޑޯޓްމަންޓުން ވަނީ 14 ޝޮޓް ފޮނުވާލާފައެވެ.
މެޗުން މޮޅުވިޔަސް ޑޯޓްމަންޑަށް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފައެވެ. މެޗުގެ 23 ވަނަ މިނެޓްގައި ތޯގަން ހަޒާޑްވެސް ބަދަލުކުރީ އަނިޔާވެގެންނެވެ. ޑޯޓްމަންޓް އޮތީ ހާލާންދް ކުޅޭ މެންޗެސްޓަރ ސިޓީ ހިމެނޭ ގްރޫޕްގެ ދެވަނާގައެވެ. މިގްރޫޕްގައި ދެން އޮތީ ޑޯޓްމަންޑް އަތުން ބަލިވި ކޯޕަން ހޭގަންއާއި, ސިޓީ އަތުން ބަލިވި ސެވިއްޔާއެވެ.