Advertisement
ކ. މާލެ
|
13 ޖުލައި 2024 | ހޮނިހިރު 13:47
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
އެމްޑީޕީ
ޕީއެންސީގެ މެންބަރުންނަށް ފައިސާ ދޭ މައްސަލަ
ރައީސް މުއިއްޒު ޕީއެންސީގެ މެންބަރުންނަށް ފައިސާ ދިން ކަމަށް ބުނާ މައްސަލަ އޭސީސީން ތަހުގީގު ކުރުމަށް ގޮވާލައިފި
މާލެސިޓީގެ މޭޔަރަކަށް ހުންނަވައިގެން ވެސް އެމަނިކުފާނު ހިންގެވި ކޮރަޕްޝަންގެ އަމަލުތައް ހާމަކުރަންޖެހޭ
މާލޭގެ ޕާކިންއާ ގުޅޭގޮތުން ވެސް ކޮރަޕްޝަން ހިންގާފައިވޭ
ޕީއެންސީގެ މެންބަރުންނަށް ރައީސް މުއިއްޒު 50،000 ރުފިޔާދޭ ވާހަކަ ސަރުކާރުން ދޮގުކުރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޕީއެންސީގެ މެންބަރުންނަށް ބައިލައްކަ ރުފިޔާ ނަގުދު ފައިސާ ދިން ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރުމަށް ގޮވާލައިފިއެވެ.

''ކުރީ ސަރުކާރު ކުރީ ސަރުކާރުގެ'' ނަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި 19 ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ ރައީސް މުއިއްޒަކީ ކޮރަޕްޝަންގެ އައްޕަ ކަމަށާއި، މާލެސިޓީގެ މޭޔަރަކަށް ހުންނަވައިގެން ވެސް އެމަނިކުފާނު ހިންގެވި ކޮރަޕްޝަންގެ އަމަލުތައް ހާމަކުރަންޖެހޭ ކަމަށެވެ. ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ.

Advertisement

ފަލާހު ވިދާޅުވީ މުޅި މާލޭގެ ޕާކިންއާ ގުޅޭގޮތުން ވެސް ކޮރަޕްޝަން ހިންގާފައިވާ ކަމަށާއި، އެކަމާ ގުޅިގެން ވެސް 700ށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އިތުރު ކަންކަން މިހާރުގެ މޭޔަރު އާދަމް އާޒިމް ހާމަކޮށްދިނުމަށް ފަލާހު ގޮވާލެއްވިއެވެ.

މޭޔަރަށް އެނގިލައްވާނެ ވޭތުދިޔަ ދެ އަހަރާ ބައި ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލްގެ ތެރޭގައި މިހާރުގެ ރައީސް ކޮށްފައިހުރި ކަންތައްތައް. އަޅުގަނޑު މޭ ޔަރަށް ދަންނަވާލަން ބޭނުން އެކަންކަން އަޅުގަނޑުމެންނަށް ހާމަކޮށްދެއްވާށޭ. މިއަދު އަޅުގަނޑުމެންގެ މޭޔަރެއް އެނގޭތޯ ހުންނެވީ. އޭރުގެ މޭޔަރު މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ ނޭއްގާނީ ކަންކަން އަޅުގަނޑުމެންނަށް ތިލަ ކޮށްދޭށޭ. އަޅުގަނޑުމެންނަށް ބުނެދޭށޭ. އޭރުން އަޅުގަނޑުމެންނަށް އެނގޭނީ އެ ވާހަކަ ދައްކަން. އެ ވާހަކަ ދައްކަން އަޅުގަނޑުމެންނަށް ނޭނގޭ ކަމަށްވާނަމަ އަޅުގަނޑު ހިނގައިދާނަން މޭޔަރުގެ އަރިހަަށް. އަޅުގަނޑަށް ދައްކާ ދެއްވާ އެއްޗެހި. އަޅުގަނޑު ބަލަން ބޭނުން އެ އެއްޗެހި. އެމްޑީޕީ ކޮންމެ މެންބަރެއް ބޭނުންވާ މުއިއްޒު ކޮށްފައި ހުރި ކަންކަން އޮޅުން ފިލުވަން.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު

ޕީއެންސީގެ މެންބަރުންނަށް ރައީސް މުއިއްޒު ފައިސާދިން ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ އެ މައްސަލަ އޭސީސީން އަދި އެޓާނީ ޖެނަރަލް ބަލަންޖެހޭ ކަމަށެވެ. ނޫހަކުން އެމައްސަލަ ރިޕޯޓުކޮށްފައިވާއިރު، އެއީ ތަހުގީގު ކުރަންޖެހޭ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ އޮޑިޓަރ ޖެނަރަލްއަށް ވެސް ގޮވާލަން ބޭނުން މިއީ އެމަނިކުފާނު ބައްލަވަން ޖެހޭ މައްސަލަ. އަޅުގަނޑުމެން ހިސާބު ކިތާބު ފައިލް ކުރަންޖެހޭ ދުވަހަކީ މިއަންނަ މަހުގެ އެއްތިރީސް ވަނަ ދުވަސް. އެ އެއްތިރީސް ވަނަ ދުވަހު އެމީހުން ހުށަހަޅާ ހިސާބު އެ ބަލަނީ އެގޮތް ކިޔަނީ އެއަށް ބަސް ބުނަނީ އޮޑިޓަރ ޖެނަރަލް. އެހެންވެއްޖެ ކަމަށްވަންޏާ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ މިއަދުގެ މެންބަރުންނަށް ރިޝްވަތު ދެއްވާ ކަމަށް. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރިޝްވަތު. އަދަދު ނޫހުގައި ވެސް އެބައޮތް ބުނެފައި. ތިމަންނަމެންނަށް ޕީޕީއެމްގެ ތިން މެންބަރަކު ޔަގީންކޮށްދެއްވާފިއޭ ރައީސުލްޖުމްހޫރިއްޔާ ކޮންމެ މެންބަރަކަށް 50،000 ރުފިޔާ ދެއްވި ވާހަކަ. އެހެންވެއްޖެ ކަމަށްވަންޏާ އެކަން ބައްލަވަންޖެހޭނެ. އެކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރައްވަން ވެސް ޖެހޭނެ. އެ ދެއްވަނީ ރިޝްވަތު. އަދި ޕީޕީއެމް މެންބަރަކަށް ވިޔަސް ކޮންމެ މެންބަރަކަށް ވިޔަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދޭ ކަމަށްވަންޏާ އޭނާގެ މިނިވަންކަމާ އެކުޅެވެނީ. އޭނާގެ މިންވަންކަން އެ ގެއްލެނީ. އަޅުގަނޑުމެންނަށް އަޑު އިވޭ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަން އެބޭފުޅުންނަށް ޓޯކިން ޕޮއެންޓްސް އަންނައިރުގަ ހުށަހެޅި މެންބަރަށް ޝުކުރިއްޔާ. މި ބިލު ހުށަހެޅުއްވި ރައީސުލްޖުމްހޫރިއްޔާ ޝުކުރިއްޔާ. ކުރީގެ ސަރުކާރު ކުރީގެ ސަރުކާރު. ވަރަށް ބޮޑަށް ޝުކުރިއްޔާ އިއްޒަތްތެރި ރައީސް. މިހެން ކިޔާފަ އިށީންދެ ވަޑައިގަންނަވަނީ. އެހެންވީމަ މިއީ ރިޝްވަތު ދީގެން ހުއްޓުވާ ކަންކަން. މިކަންކަން ބެލެންޖެހޭނެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު

ޕީއެންސީގެ މެންބަރުންނަށް ރައީސް މުއިއްޒު 50،000 ރުފިޔާދޭ ވާހަކަ ސަރުކާރުން ދޮގުކުރެއެވެ. ނަމަވެސް އަދަދު ނޫހަށް ޕީއެންސީގެ މެންބަރުން ވަނީ ފައިސާދޭކަން ކަށަވަރުކޮށްދީފައެވެ.

މިމައްސަލަ އޭސީސީގެ ސަމާލުކަމަށް އައިސްފައިވޭތޯ ނުވަތަ ތަހުގީގުކުރޭތޯ އޭސީސީއަށް ގުޅި ނަމަވެސް މިހާތަނަށް ވަކި ޖަވާބެއް ދީފައެއްނުވެއެވެ.

Advertisement

Advertisement
- ކޮމެންޓް