ޕެންޔާ ވަނީ އެ ހާދިސާ ހިނގައި ދިޔަ ގޮތް ވެސް ތަފްސީލު ކޮށްދީފައި. އެގޮތުން އޭނާ ބުނީ ލައިވް ބްރޯޑްކާސްޓް ކުރިއަށް ދިޔައިރު، އޭނާގެ ކަންފަތަށް ޖަހާފައި ހުރި އިއާޕީސް މެދުވެރިކޮށް، ޕްރޮޑިއުސަރު އެ މައުލޫމާތު ދިން ކަމަށް. އެއީ ކަށަވަރު މައުލޫމާތެއް ކަމަށް އިތުބާރުކޮށް، އޭނާ އެ ޚަބަރު އާންމުންނަށް ދޫކޮށްލީ ކަމަށް ޕެންޔާ ވަނީ ބުނެފައި.