Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލެ ލީގު

ފުރުސަތު ހަންޏެއް ނޫން، އޮތީ ހަމަހަމަ ފުރުސަތެއް: ނިޒާމްބެ

ގަދަ 4 އަށް ވަނުމަށް ކުރިއަށް އޮތް ދެ މެޗު ވެސް ޓީސީއަން ކާމިޔާބުކުރުން މުހިންމު

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 13 ޖުލައި 2017 | ބުރާސްފަތި 11:54
ޓީސީގެ ކޯޗް އަހުމަދު ނިޒާމް

ޓީސީގެ ކޯޗް އަހުމަދު ނިޒާމް

މާލެ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުމަށް ޓިސީއަށް އޮތީ ހަނި ފުރުސަތެއް ނޫން ކަމަށާއި، ހުރިހާ ޓީމަކަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށް ޓީސީގެ ކޯޗް އަހުމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މާލެ ލީގުގައި ހުކުރު ދުވަހު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނެފައި ވަނީ، ޓީސީ އަދިވެސް ގަދަ ހަތަރަކަށް ވަނުމަށް އޮތް ޖާގަ ހަނި ނޫން ކަމަށާއި، ގަދަ ހަތަރަކަށް ވަންނަން މަސައްކަތް ޖުރާ ކޮންމެ ޓީމަކަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށެވެ. އެގޮތުން ނިޒާމްބެ ބުނީ، ޓީސީއިން އަމާޒުހިފާފައިވަނީ ބާކީ އޮތް ދެ މެޗު ވެސް ކާމިޔާބުކޮށް 22 ޕޮއިންޓް ހޯދައިގެން ޕްރެމިއާ ލީގުން ޖާގައެއް ކަށަވަރު ކުރަން ކަމަށެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ، ޔުނައިޓެޑް ވިކްޓްރީއަކީ ވެސް ފަސޭހަ ޓީމެއް ނޫން ކަމަށާއި، އެހެންކަމުން މެޗު ފަސޭހަކޮށްލުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

ނިޒާމްބެ ބުނީ ޔޫވީ އަށް ގަދަ ހަތަރަކަށް ވަނުމުގެ ފުރުސަތު ގެއްލިފައި އޮތް ނަމަވެސް އެޓީމުން ޓީސީއާ ދެކޮޅަށް ނިކުންނައިރު ތިން ޕޮއިންޓަށް އަމާޒު ހިފައިގެން ނިކުމެއްޖެ ނަމަ މެޗު ވެގެންދާނީ ވަރުގަދަ ޗެލެންޖަކަށް ކަމަށެވެ. އެހެންކަމުން ޓީސީ އިން މެޗަށް ނިކުންނާނީ ފާއިތުވި ދެ މެޗުގައި ވެސް ޓީސީއަށް ދިމާވި މައްސަލަތައް ބަލައި، އެކަންތައްތައް ހައްލު ކޮށްގެން ކަމަށް ވެސް ނިޒާމްބެ ވަނީ ބުނެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ، މިސީޒަނުގައި ޓީސީއަށް ދިމާވެފައިވާ މައްސަލައަކީ ރަނގަޅު ފޯމެއްގައި ޓީމު އޮށްވައި ދިގު ބްރޭކެއް އައުމުން ދިމާވި މައްސަލައެއް ކަމަށާއި، ކުޅުމަށް ބަލާއިރު އެޓޭކްތައް ވެސް ރަނގަޅު ކަމަށެވެ. ނިޒާމްބެ ބުނީ ޓްރާންސްފާގައި ޓީމު ވަރުގަދަ ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ޒުވާން ހުނަރުވެރި ކުޅުންތެރިންނާއި އަދި މީގެ އިތުރަށް ދެ ބިދޭސީ ކުޅުންތެރިއަކު ވެސް ޓީމާ ގުޅިފައި ވާކަމަށެވެ.

ލީގުގެ ގަދަ ހަތަރަކަށް ވަނުމަށް ޓީސީއިން ބުރަކޮށް މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް ލީގުގައި ކުޅުނު 12 މެޗުން އެޓީމަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. އެޓީމު އޮތީ ތާވަލުގެ ހަ ވަނަ މަގާމުގައެވެ. ލީގުގައި ޔުނައިޓެޑް ވިކްޓްރީއަށް ކުޅުނު 12 މެޗުން އެންމެ ތިން ޕޮއިންޓް ލިބިފައި ވާއިރު އެޓީމު އޮތީ އެންމެ ފުލުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު