Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްލަބު އީގަލްސް

އަނިޔާއިން އަރައިގަނެ ނޫމާން އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

ނޫމާން އަށް އަނިޔާ ވެފައިވަނީ ފާއިތުވި އަހަރުގެ ޕްރެމިއާ ލީގުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗެއްގައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 13 ޖުލައި 2017 | ބުރާސްފަތި 10:55
އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން

އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން

ކްލަބް އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ގެ ކަކުލަށް ލިބިފައިވާ އަނިޔާއިން އަރައިގަނެ، ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާން ފަށައިފިއެވެ.

އެކުލަބުގެ ރަސްމީ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި އެކުލަބުން ބުނެފައިވަނީ، ހެލްމެޓްގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާން ފަށާފައި ވާކަމަށާއި، ފިޓްނެސް ލެވެލް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފައިތުވި އަހަރުގެ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ޓީސީއާ ދެކޮޅަށް، އޯގަސްޓް 18 ވަނަ ދުވަހު ކުޅުނު މެޗުގައި ހެލްމެޓުގެ ފަޔަށް ލިބުނު އަނިޔާއިން އަރައިގަތުމަށް އޭނާ ވަނީ ކަކުލުގެ ސާޖަރީއެއްވެސް ހަދާފައެވެ. އެގޮތުން 10 މަހާއި 23 ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާއިރު، އޭނާ އަންނަނީ އޭނާގެ ކުރީގެ ފޯމަށް އައުމަށްޓަކާ މަސައްކަތް ކުރަމުންނެވެ.

މިފަހަރުގެ އެސްޓީއޯ މާލެ ލީގުގެ ގަދަ 4 ގެ ޖާގައެއް ކަށަވަރުކޮށް ދިވެހި ޕްރެމިއާ ލީގަށް ކޮލިފައިވުމުގެ ރޭހުގައި އޮތް އީގަލްސްއިން ބުނެފައިވަނީ، އަނިޔާއިން އަރައިގަނެ ހެލްމެޓު ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށުމަކީ ކުލަބަށް ލިބުނު އިތުރު މޯޓިވޭޝަނެއް ކަމަށާއި، އަމާޒަށް ވާސިލުވެ ކާމިޔާބީތަކެއް ހޯދުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2018

އީގަލްސްގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި

11 ޖެނުއަރީ 2018
އީގަލްސްގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި
02 އޯގަސްޓު 2017

އާސެނަލްގެ ފަރިތަކުރުންތަކުގައި ސަންޗޭޒް ބައިވެރިވާން ފަށައިފި

02 އޯގަސްޓު 2017
އާސެނަލްގެ ފަރިތަކުރުންތަކުގައި ސަންޗޭޒް ބައިވެރިވާން ފަށައިފި
16 ޖުލައި 2017

ސާޖަރީ އަށްފަހު ނިއުގެ ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވާން ފަށައިފި

16 ޖުލައި 2017
 ސާޖަރީ އަށްފަހު ނިއުގެ ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވާން ފަށައިފި
11 ޖުލައި 2017

ޗެލްސީގެ ފަރިތަކުރުންތަކުގައި ކޯސްޓާ ބައިވެރިއެއް ނުވި

11 ޖުލައި 2017
ޗެލްސީގެ ފަރިތަކުރުންތަކުގައި ކޯސްޓާ ބައިވެރިއެއް ނުވި
21 ޖޫން 2017

ދެވަނަ ބުރުގައި އީގަލްސްގެ ބޮބީ، ހަންނަ އަދި މުއްކި ނުފެންނާނެ: ސާންތި

21 ޖޫން 2017
ދެވަނަ ބުރުގައި އީގަލްސްގެ ބޮބީ، ހަންނަ އަދި މުއްކި ނުފެންނާނެ: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު