Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ސޮބާ

ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ

ގްރީން އޮންނަނީ ފަހަތުގައި ފާރެއްގޮތަށް އެތުރިގެން ނޫން

ލީވާން އަލީ
ލީވާން އަލީ | 12 ޖުލައި 2017 | ބުދަ 10:36
މާޒިޔާގެ ކޯޗު ސެކުލޮވްސްކީ (ކ) އަދި ގްރީންގެ ކޯޗު ސޮބާ (ވ)

މާޒިޔާގެ ކޯޗު ސެކުލޮވްސްކީ (ކ) އަދި ގްރީންގެ ކޯޗު ސޮބާ (ވ)

ގަދަ ހަތަރެއްގައި އޮންނަންޖެހެއޭ ބުނާ ޓީމުތަކަށް ޖާގަ ނުލިބިގެން އުޅެނީ ކްލަބް ގްރީން ސްޓްރީޓް އޭގެ ތެރެއަށް ވަދެގެން އުޅޭތީ ކަމަށް އެޓީމުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.

މާލޭ ލީގުގައި މާޒޔާއާ ދެކޮޅަށް ގްރީން ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސޮބާ ބުނީ ގަދަ ހަތަރެއްގައި ވަކި ޓީމުތައް ހިމެނެންޖެހޭ ކަމަށް ބައެއް ޓީމުތަކުން ބުނާ ކަމަށާއި، އެހެންނަމަވެސް އެޓީމުތަކަށް ގަދަ ހަތަރަކަށް ނޭރިގެން އުޅެނީ ގްރީންގެ ސަބަބުން ކަމަށެވެ.

ސޮބާ ބުނީ ގްރީން އޮންނަނީ ފަހަތުގައި ފާރެއްގޮތަށް އެތުރިގެން ނޫން ކަމަށާއި، ޕޮއިންޓްތައް ހޯދީ ރަނގަޅަށް މަސައްކަތްކޮށްގެން އެޓޭކިން ފުޓުބޯޅައަކާއެކުގައި ކަމަށެވެ.

ސޮބާ ބުނީ މާޒިޔާ އާއި ނިއުރޭޑިއަންޓް ފިޔަވައި ގްރީންއާއެކު ހަތަރު ޓީމެއް މާލޭ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޭނާ ބުނީ ގަދަ ހަތަރެއްގައި ހިމެނުމަށް ފަހު މެޗާ ހަމަޔަށް އަދި ފަހު ސިކުންތާ ހަމަޔަށްވެސް މަސައްކަތްކުރާނެ ކަމަށެވެ.

މާޒިޔާއާ ބެހޭގޮތުން ވާހަކަދައްކަމުން ސޮބާ ބުނީ އެޓީމު ލީގުގައި މިހާތަނަށް ދެ މެޗުން ބަލިވެފައިވީ ކަމުގައިވިޔަސް އެއީ އަދިވެސް ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ކްލަބް ކަމަށާއި، އެހެންނަމަވެސް ގްރީން އޮތީ އެއްވެސް ގޮތަކަށް ދޫދޭ ގޮތަށް ނޫން ކަމަށެވެ.

ސޮބާ ބުނީ ޕޮއިންޓެއް ނަމަވެސް ހޯދައިގެން ގްރީން އަށް މާލޭ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރެވިދާނެ ކަމަށާއި، މާޒިޔާ އަށް ސަސްޕެންޝަންގެ މައްސަލަތައްކުރިމަތިވި ނަމަވެސް އެއީ ގްރީން އަށް ލިބޭ އެޑްވާންޓޭޖެއް ކަމަށް އޭނާ ނުދެކޭ ކަމަށެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު