Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލެ ލީގު

އެއްވަނައަށް އަރަން ލިބުނު ފުރުސަތު ނިއު އިން ނަގާލައިފި

13 ޖުލައި 2017 | ބުރާސްފަތި 19:17

ނިއުއަށް އެެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލުނީ އީގަލްސް އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުމުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 13 ޖުލައި 2017 | ބުރާސްފަތި 19:17
މާލެ ލީގުގައި ނިއު އާއި އީގަލްސް ބައްދަލުކުރި މެޗެއްގެ ތެރެއިން

މާލެ ލީގުގައި ނިއު އާއި އީގަލްސް ބައްދަލުކުރި މެޗެއްގެ ތެރެއިން

އީގަލްސް އަތުން އެއްވަރުވެ އެސްޓީއޯ މާލެ ލީގުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ނިއުރޭޑިއަންޓުން ނަގާލައިފިއެވެ.

ލީގުގައި ބުރާސްފަތި ދުވަހު ހަވީރު، ގްރީން ސްޓްރީޓް އަތުން މާޒިޔާ ބަލިވުމުން، އީގަލްސް އަތުން 3 ޕޮއިންޓް ހޯދައިގެން ލީގުގެ އެއްވަނައަށް އަރަން ނިއުއަށް އޮތީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެގޮތުން ލީގު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުން އަންނަ ނިއުއަށް އީގަލްސް އަތުން 3 ޕޮއިންޓް ލިބުނުނަމަ ލީގުގެ ފަހު މެޗުގައި މާޒިޔާ އާއި ދެކޮޅަށް ކުޅެ މެޗު އެއްވަރު ކޮށްލައިގެންވެސް އެޓީމަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ލިބުނީހެވެ.

ބުރާސްފަތި ދުވަހުގެރޭ އީގަލްސް އާއި ދެކޮޅަށް ކުޅުނު މެޗް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން އީގަލްސް އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން ވަނީ ގިނަ ވަގިތި ބޯޅަ ހިފަހައްޓައި މަޑުމަޑުން މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެޓީމުން ދިޔައީ ފުލުފުލުގައި ފުރުސަތުތަށް ތަނަވަސް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި އީގަލްސްއިން ވަނީ ނިއު ސިއްސުވާލާފައެވެ. 67 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ މުހަންމަދު ނާއިމްއެވެ.

މި ލަނޑަށް ފަހުގައިވެސް އެޓިމަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން އެޓީމުން ވަނީ ލީޑުގައި އޮވެ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ކުރިއަށްޖެހި އެޓޭކް ކުރުމަށް މަސައްކަތް ކުރަމުންދިޔަ ނިއުއިން ވަނީ މެޗުގެ ފަހު ވަގުތުގައި އީގްލްސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބިދޭސީ ފޯވާޑް އެޑްރިއަން ގަލާޑޯއެވެ. މިއީ އީގަލްސްގެ އޭރިއާގެ ތެރެއިން ނިއުގެ އަލީ ފާސިރު (ސެންޓެއަށް) އީގަލްސްގެ ޑިފެންޑަރަކު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ފަހަކަށް އައިސް ނިއުއިން ކުޅޭ ގިނަ މެޗުތަކުގައި ގަލާޑޮ އަންނަނީ ސްކޯ ކުރަމުންނެވެ. އެގޮތުން ލީގުގެ ލަނޑު ލިސްޓަށް ބަލާއިރު، އެއްވަނާގައި އޮތް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ގަލާޑޯ އާއޮ ދެމެދު އޮތީ އެންމެ ލަނޑެއްގެ ތަފާތެވެ. އަސަދުﷲ މިހާތަނަށް ލީގުގައި 11 ލަނޑު ޖަހާފައި ވާއިރު ގަލާޑޯ ވަނީ 10 ލަނޑު ޖަހާފައެވެ.

މެޗުން ހޯދި ޕޮއިންޓާއި އެކު ޕްރެމިއާ ލީގުގެ ޖާގަ އަކަށް ވާދަކުރަމުން އަންނަ އީގްލްސްއަށް ވަނީ ކޮލިފައި ވުމުގެ ފުރުސަތު އަނެއްކާވެސް ބޮޑުވެފައެވެ. މިހާތަނަށް އެޓީމުން ލީގުގައި ކުޅުނު 13 މެޗުން އެޓިމު ވަނީ 22 ޕޮއިންޓް ހަމަކޮށްފައެވެ. ބާކީ އެޓީމަށްވެސް އެންމެ މެޗެއް އޮތްއިރު، އެ މެޗުން 3 ޕޮއިންޓް ހޯދައިފިނަމަ ޕްރެމިއާ ލީގުން ޖާގަ ލިބޭނެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް