Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލެ ލީގު

ވަރުގަދަ މާޒިޔާ ބަލިކޮށް ގްރީން ސްޓްރީޓުން ޕްރިމިއާ ލީގާއި ގާތަށް ޖެހިލައިފި

13 ޖުލައި 2017 | ބުރާސްފަތި 14:34

ގްރީއިން މާޒިޔާގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 13 ޖުލައި 2017 | ބުރާސްފަތި 14:34
މާލެ ލީގުގައި މަޒިޔާ އާއި ގްރީން ސްޓްރީޓު ކުޅުނު މެޗެއްގެ ތެރެއިން

މާލެ ލީގުގައި މަޒިޔާ އާއި ގްރީން ސްޓްރީޓު ކުޅުނު މެޗެއްގެ ތެރެއިން

އެސްޓީއޯ މާލެ ލީގުގައި ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ގްރީން ސްޓްރީޓުން ދިވެހި ޕްރެމިއާ ލީގާއި ގާތަށް ޖެހިލައިފިއެވެ.

ލީގުގައި ބުރާސްފަތި ދުވަހު ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗް ގްރީން ސްޓްރީޓުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމިގެންޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ގްރީން ސްޓްރީޓުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސޮބޮލް އިއްލިއާ ވަނީ ލިބުނު ހިލޭޖެހުމަކުން ގްރީންއަށް މެޗުގެ ލީޑު ނަގައިފީފައެވެ. އިއްލިއާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މި ލަނޑަށް ފަހުގައި މާޒިޔާއިން ވަނީ އެޓީމުގެ އެޓޭކްތަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި އެޓީމުން ވަނީ ފުލުފުލުގައި ހަމަލާތަށް އުފައްދަން ފައްޓާފައެވެ. އެގޮތުން އެޓީމުން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ގޯލެއް ޖަހާފައެވެ. ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. އޭގެ ފަހުން މެޗުގައި މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އުމޭރުއަށްވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން އޭނާ ފޮނުވާލީ ހިލޭޖެހުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މާޒިޔާގެ އެޓޭކް ލައިނުން މުހިންމު ދެ ކުޅުންތެރިއަކު ނުލާ ކުޅުނު މި މެޗުގައި ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައިވަނީވެސް އެޓީމަށެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ، އެޓީމަށް އެއްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ވަރުގަދަ ކުޅުމެއް ދެޓީމުންވެސް ދެއްކި މި މެޗް ދެޓީމުންވެސް ނިންމާލާފައިވަނީ 10 ކުޅުންތެރިންނާއި އެކުގައެވެ. އެގޮތުން މާޒިޔާގެ ހުސައިން ނިޔާޒު މުހަންމަދު (ބޮކުރީ) އަށް 66 ވަނަ މިނެޓުގައި ރެފްރީ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ގްރީން ސްޓްރީޓުގެ ސޮބޮލް އިއްލިއާއަށް ރެފްރީ ރަތްކާޑު ދެއްކީ މެޗުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ދެވަނަ ރީނދޫ ކާޑާއި އެކުގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ގްރީން ސްޓްރީޓުގެ ކޯޗް ސޮބާހް މުހަންމަދު (ސޮބާ) ބުނީ، މެޗުން މޮޅުވެ ޕްރިމިއާ ލީގައި ގާތަށް ޖެހިލެވުމުން އުފާކުރާ ކަމަށާއި، ލީގުގެ ފަހު މެޗަށް ނިކުންނައިރު މާބޮޑު ޕްރެޝަރެއް ނެތި ހަމަޖެހިލާން ލިބުމުން އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް މާޔަން ސެކުލޯސްކީ ބުނީ، މެޗުގެ ނަތީޖާ އާއި މެދު ހިތްހަމަ ނުޖެހޭ ކަމަށާއި، ގިނަ ފުރުސަތުތަށް ތަނަވަސް ކުރެވިފައި ވަނީވެސް މާޒިޔާއަށް ކަމަށެވެ. މެޗުން ބަލިވި ނަމަވެސް ކުޅުންތެރިން ދެއްކި ވަރުގަދަ ކުޅުމަށް މަރުހަބާ ކިޔާކަމަށް ކޯޗު ވަނީ ބުނެފައެވެ.

ލީގުގައި ބާކީ މާޒިޔާއަށްވެސް އަދި ގްރީން ސްޓްރީޓަށްވެސް ދެން އޮންނާނީ އެންމެ މެޗެކެވެ. ގަދަ 4 ގައި ހިމެނި ޕްރިމިއާ ލީގަށް ކޮލިފައިވާން މަސައްލަތް ކުރަމުން އަންނަ ގްރީންއަށް މިހާތަނަށް ކުޅުނު 13 މެޗުން އެޓިމު ވަނީ 24 ޕޮއިންޓް ހަމަކޮށްފައެވެ. އެޓިމަށް ޕްރިމިއާ ލީގުން ޖާގައެއް ކަށަވަރު ކުރުމަށް ބާކީ ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އެހެންކަމުން ލީގުގައި ބާކި އެޓީމަށް އޮތް މެޗު އެއްވަރު ކޮށްލައިގެންވެސް އެޓިމަށް ޕްރެމިއާ ލީގުން ޖާގަ ލިބޭނެއެވެ.

ލީގުގެ ތަށި ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން އަންނަ މާޒިޔާއަށް ކުޅުނު 13 މެޗުން 26 ޕޮއިންޓް ލިބިފައި ވާއިރު، ލީގު ކާމިޔާބު ކުރުމަށް އެޓީމުން ދެން ޖެހޭނީ ލީގުގެ ފަހު މެޗުގައި ނިއުރޭޑިއަންޓް ބަލިކުރާށެވެ. އެހެންކަމުން ލީގު ކާމިޔާބުކުރާނެ ޓީމެއް ޔަގީން ވެގެންދާނީ މާޒިޔާ އާއި ނިއުރޭޑިއަންޓް ބައްދަލުކުރާ މެޗަށްފަހުގައެވެ. އެއީ މާލެ ލީގުގެ އެންމެ ފަހު މެޗެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް