Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ

މެސީގެ ބައްޕަ މަރުވީ ކަމަށް ޓީވީގައި އިއުލާން ކުރެވުނު ޕްރެޒެންޓަރު އަމިއްލަ އަށް މަގާމުން އިސްތިއުފާ ދީފި

ޕެންޔާ ވަނީ އެ ހާދިސާ ހިނގައި ދިޔަ ގޮތް ވެސް ތަފްސީލު ކޮށްދީފައި. އެގޮތުން އޭނާ ބުނީ ލައިވް ބްރޯޑްކާސްޓް ކުރިއަށް ދިޔައިރު، އޭނާގެ ކަންފަތަށް ޖަހާފައި ހުރި އިއާޕީސް މެދުވެރިކޮށް، ޕްރޮޑިއުސަރު އެ މައުލޫމާތު ދިން ކަމަށް. އެއީ ކަށަވަރު މައުލޫމާތެއް ކަމަށް އިތުބާރުކޮށް، އޭނާ އެ ޚަބަރު އާންމުންނަށް ދޫކޮށްލީ ކަމަށް ޕެންޔާ ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2026 | އަންގާރަ 07:01
މެސީގެ ބައްޕަ މަރުވެއްޖެ ކަމަށް ބުނެ ލައިވް ޓީވީގައި އެކަން އިއުލާން ކުރެވުނު ޕްރެޒެންޓަރު ފްލޮރެންސިއާ ޕެންޔާ.

މެސީގެ ބައްޕަ މަރުވެއްޖެ ކަމަށް ބުނެ ލައިވް ޓީވީގައި އެކަން އިއުލާން ކުރެވުނު ޕްރެޒެންޓަރު ފްލޮރެންސިއާ ޕެންޔާ. | ސޯޝަލް މީޑިއާ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެފައިވާ ކަމަށް ލައިވް ޓީވީގައި އިއުލާން ކުރެވުނު އާޖެންޓީނާގެ ޕްރެޒެންޓަރު އަމިއްލަ އަށް މަގާމުން އިސްތިއުފާ ދީފި އެވެ. 

މިކަން ދިމާވެފައި ވަނީ އާޖެންޓީނާ އިން ފީފާ ވޯލްޑް ކަޕްގައި ކުޅެމުން ދަނިކޮށް ލޫޒޫ ޓީވީގެ "އެލް ސޯ ޑެލް ވެރާނޯ" ޕްރޮގްރާމްގެ ތެރެއިންނެވެ. މެސީގެ ބައްޕަ މަރުވެއްޖެ ކަމަށް ބުނެ، ދޮގު ޚަބަރެއް ކިޔުނު މައްސަލައިގައި އިސްތިއުފާ ދީފައި ވަނީ އެ ޝޯގެ ހޯސްޓު ފްލޮރެންސިއާ ޕެންޔާ އެވެ. 

އޭނާ އިސްތިއުފާ ދީފައިވާކަން ވަނީ ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ. ޕެންޔާ ބުނި ގޮތުގައި އެ ކުށުގެ ޒިންމާ އޭނާ އުފުލަން ޖެހޭ ކަމަށް ޤަބޫލު ކުރާ ކަމަށާއި، އެހެންވެ ލޫޒާ ޓީވީގެ ޕްރޮގްރާމް އިން ވަކިވާން ނިންމީ ކަމަށެވެ. އަދި އެކަމަށްޓަަކައި މެސީގެ އާއިލާގެ ކިވައިން ނިހާޔަތަށް މައާފަށް އެދޭ ކަަމަށް ވެސް ޕެންޔާ ވަނީ ބުނެފައި އެވެ.  

ޕެންޔާ ވަނީ އެ ހާދިސާ ހިނގައި ދިޔަ ގޮތް ވެސް ތަފްސީލު ކޮށްދީފައި އެވެ. އެގޮތުން އޭނާ ބުނީ ލައިވް ބްރޯޑްކާސްޓް ކުރިއަށް ދިޔައިރު، އޭނާގެ ކަންފަތަށް ޖަހާފައި ހުރި އިއާޕީސް މެދުވެރިކޮށް، ޕްރޮޑިއުސަރު އެ މައުލޫމާތު ދިން ކަމަށެވެ. އެއީ ކަށަވަރު މައުލޫމާތެއް ކަމަށް އިތުބާރުކޮށް، އޭނާ އެ ޚަބަރު އާންމުންނަށް ދޫކޮށްލީ ކަމަށް ޕެންޔާ ވަނީ ބުނެފައި އެވެ. 

އެކަން ފާހަގަކޮށް ޕެންޔާ ބުނީ އެކަމުގެ ސަބަބުން މެސީގެ އާއިލާ އަށް ލިބޭނެ ހިތްދަތިކަން އިޙުސާސް ކުރެވޭ ކަމަށާއި، އެފަދަ ދޮގު މައުލޫމާތެއް ފެތުރުމުގެ އަސްލަކަށް އޭނާ ވުމުން ލަދު ގަންނަ ކަމަށެވެ. 

މި ޚަބަރާ ގުޅިގެން މެސީގެ އާއިލާ އިން ވަނީ ބަޔާނެއް ނެރެ، މެސީގެ ބައްޕަ މިވަގުތު ފަރުވާ ހޯދަމުން އަންނަ ކަމަށް ހާމަ ކޮށްފައި އެވެ. އެގޮތުން މެސީގެ ބައްޕަ މިހާރު އޮތީ ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ކަމަށާއި، ޙާލަތު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފައި އެވެ. އިތުރަށް އާއިލާ އިން ބުނެފައި ވަނީ، މެސީ ބައްޕަގެ ޞިއްޙީ ޙާލަތު ކުރިއަށް އޮތް ތަނުގައި އާއިލާ އިން ހާމަ ކުރަމުން ގެންދާނެ ކަމަށެވެ. 

ލޫޒާ ޓީވީގެ ފައުންޑަރު އަދި ޖެނެރަލް ޕްރޮޑިއުސަރު ނިކޮލަސް އޮކިއާޓޯ ވިދާޅުވީ، މި ދޮގު ޚަބަރު ފެތުރުމުގައި ޒިންމާވާން ޖެހޭ ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކި ކުރުމަށް މެނޭޖުމަންޓް އިން ނިންމާފައިވާ ކަމަށެވެ. ހަމަ އެހެންމެ، ކަށަވަރު ނުކޮށް މިފަދަ ނާޒުކު މައުލޫމާތު ފެތުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި، ޗެނަލް އިން އަބަދު ވެސް އިސްކަން ދޭނީ ޒިންމާދާރު ނޫސްވެރިކަމަށް ކަމަށް ވެސް ބުނެފައިވެ އެވެ. 

އާޖެންޓީނާލިއޮނެލް މެސީޖޯޖް މެސީ

އިތުރަށް ކިޔާލަން

22 ޖޫން 2026

2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ

22 ޖޫން 2026
2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ
22 ޖޫން 2026

ހުޝިޔާރު، ބިރުކުޑަ އަދި އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް އެތައް ރެކޯޑެއް މުގުރާލައިފި

22 ޖޫން 2026
ހުޝިޔާރު، ބިރުކުޑަ އަދި އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް އެތައް ރެކޯޑެއް މުގުރާލައިފި
22 ޖޫން 2026

މެސީގެ ބައްޕަ އަށް އަންނަނީ ފަރުވާ ދެމުން، މިހާރު ޙާލު ރަނގަޅު

22 ޖޫން 2026
މެސީގެ ބައްޕަ އަށް އަންނަނީ ފަރުވާ ދެމުން، މިހާރު ޙާލު ރަނގަޅު
18 ޖޫން 2026

ފުޓްބޯޅައިގެ އެހެން ތަރިންނަށް ތައުރީފް އޮހުނު އިރު ރޮނާލްޑޯ އަށް އަމާޒުވީ ފާޑުކިޔުން

18 ޖޫން 2026
ފުޓްބޯޅައިގެ އެހެން ތަރިންނަށް ތައުރީފް އޮހުނު އިރު ރޮނާލްޑޯ އަށް އަމާޒުވީ ފާޑުކިޔުން
18 ޖޫން 2026

މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ދުނިޔެ އިން މިހާރު ޤަބޫލު ކުރަން ޖެހޭ: ރޮނާލްޑޯ

18 ޖޫން 2026
މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން ދުނިޔެ އިން މިހާރު ޤަބޫލު ކުރަން ޖެހޭ: ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު