2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އީރާނު ޓީމަށް އެމެރިކާއިން ކަނޑައަޅާފައިވާ ދަތުރުފަތުރުގެ ހަރުކަށި އުސޫލުތަކަށް ލުޔެއް ދިނުމާ މެދު ވައިޓް ހައުސްއިން މަޝްވަރާކުރަން ފަށައިފި. މިހާރު އޮތް އުސޫލުގެ ސަބަބުން ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާތީ، މެޗުތަކަށް ދަތުރުކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް އީރާނުން ދަނީ ބާރުއަޅަމުން. މިކަމާ ގުޅިގެން އެމެރިކާ ސަރުކާރުން ބުނެފައިވަނީ ގައުމީ ސަލާމަތަށް ބަލައި، ހުރިހާ ޓީމުތަކަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް.