Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެ - ސީރިޔާ

ސީރިޔާ އަތުންވެސް ތަފާތުބޮޑުކޮށް ގައުމީ 16 އަހަރުން ދަށުގެ ޓީމު ބަލިވެއްޖެ

24 ސެޕްޓެމްބަރު 2017 | އާދީއްތަ 14:43

ސީރިޔާ އަތުން ރާއްޖެ ބަލިވީ 0-6 ގެ ތަފާތުބޮޑު ނާތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 24 ސެޕްޓެމްބަރު 2017 | އާދީއްތަ 14:43
ރާއްޖެ އަދި ސީރިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖެ އަދި ސީރިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ސީރިޔާ އަތުންވެސް ތަފާތުބޮޑޫކޮށް ގައުމީ 16 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު ބަލިވެއްޖެ އެވެ.

އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ބޭއްވި ރައުންޑުގައި ސީރިޔާ އަތުން ރާއްޖެ ބަލިވީ 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ތަޖިކިސްތާނުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ސީރިޔާ އިން ވަނީ ރާއްޖެ ކޮޅަށް ތިން ލަނޑު ޖަހާފައެވެ. އެގޮތުން ފުރަތަމަ ލަނޑު ހަތްވަނަ މިނެޓުގައި އޮމަރް ނަގްނޫހް ކާމިޔާބުކުރިއިރު، 14 ވަނަ މިނެޓުގައި މުހައްމަދު މާޓޮކް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. ސީރިޔާގެ ތިންވަނަ ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔާސިން އަބޯ ޗަންތާއެވެ.

ދެވަނަ ހާފް ފެށިގެން ފުރަތަމަ މިނެޓުގައި ސީރިޔާ އިން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަބްދުލް ރަހްމާން އަލް ކާތިބް އެވެ.

މި ލަނޑަށްފަހުވެސް ސީރިޔާ އިން ދިޔައީ ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން 58 ވަނަ މިނެޓޫގައި އަހުމަދު ހާތިމް ވަނީ ސީރިޔާގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ އިތުރުވަގުތުގައި ސީރިޔާގެ ހަވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު އަމަރާ އެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގައި ސީރިޔާގެ އިތުރުން ދެން ހިމެނެނީ އޮމާން އަދި ތަޖިކިސްތާން އެވެ. ފުރަތަމަ މެޗުގައި އޮމާންއާ ދެކޮޅަށް ރާއްޖެ ނިކުތް އިރު، ރާއްޖެ ވަނީ 0-8 ގެ ނަތީޖާއަކުން އެޓީމު އަތުން ބަލިވެފައެވެ. ދެވަނަ މެޗުގައި ރާއްޖެ ބަލިވީ ތަޖިކިސްތާނާ ވާދަކޮށް 0-14 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ބީގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ތަޖިކިސްތާން އެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ތަޖިކިސްތާނަށްވުރެ، ލަނޑު މަދުން އޮތީ އޮމާން އެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ސީރިޔާ އެވެ. އެއްވެސް ޕޮއިންޓެއް ނުލިބި ބައިކޮޅަށް ވަތް 28 ލަނޑާއެކު ފުލުގައި އޮތީ ރާއްޖެ އެވެ. މި ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ކަށަވަރުވާނީ އޮމާން އަދި ތަޖިކިސްތާން ބައްދަލުކުރާ މެޗަށްފަހު އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް