Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު18 އަހަރުން ދަށުގެ ސާފް

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ތިންވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެ

23 ސެޕްޓެމްބަރު 2017 | ހޮނިހިރު 02:58

ނޭޕާލްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވެފައިވަނީ 2-0ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 ސެޕްޓެމްބަރު 2017 | ހޮނިހިރު 02:58
ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމު

ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމު

ބޫޓާންގައި ކުރިޔަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ތިންވަނަ މެޗުން ވެސް ބަލިވެއްޖެއެވެ.

ނޭޕާލްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވެފައި ވަނީ 2-0ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ނޭޕާލްއިން ވަނީ މުޅި މެޗުވެސް ކޮންޓްރޯލްކޮށް ރާއްޖޭގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ނޭޕާލްއިން ވަނީ މެޗުގެ 7 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު ރާއްޖޭގެ ޓީމުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނޭޕާލްއަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޑިފެންޑާ ރޯމަން ލިމްބޫއެވެ. މި ލަނޑަށްފަހު ވެސް ނޭޕާލްގެ ޓީމުން ވަނީ ރާއްޖޭގެ ގޯލަށް އަމާޒުކޮށް ފުލުފުލުގައި ހަމަލާ ފޮނުވާލާފައެވެ. އެހެނަސް ފުރަތަމަ ހާފު ނިމިފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ނޭޕާލްއިން އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައި ވަނީ މެޗުގެ 57 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމުގެ ކުޅުންތެރިޔަކު ނަގައިދިން ހުރަހަކުން ކާމިޔާބު ކޮށްދިނީ ރާޖިން ސުއްބާއެވެ. މެޗުގެ ފަހުވަގުތުކޮޅުގައި ނޭޕާލްއަށް ޕެނަލްޓީއެއް ވެސް ލިބުނެއެވެ. އެހެނަސް އެ ޓީމުގެ އަބީޝޭކް ރިޖާލް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއާއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗު އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނެފައި ވަނީ ޖެހިޖެހިގެން މެޗުތައް ކުޅެންޖެހުމާ ވިދިގެން ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނުނު ކަމަށާއި ނޭޕާލްއަށް ރިކަވާވާން ފުރުސަތު ލިބުނު ނަމަވެސް ރާއްޖެއަށް އެ ފުރުސަތު ނުލިބުމަކީ މެޗުން ބަލިވުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ. ކުޅުނު ތިން މެޗުން ވެސް ބަލިވުމާ ގުޅިގެން މުބާރާތުގެ ވަނައެއް ހޯދުމުގެ ފުރުސަތު ރާއްޖެއަށް ވަނީ ގެއްލިފައެވެ. ރާއްޖޭގެ ޓީމުން މުބާރާތުގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ ސަރަހައްދުގެ ގަދަ ބާރެއް ކަމަށްވާ އިންޑިއާއާއި ދެކޮޅަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް