Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލޭވާ ކަޕް

ލޭވާ ކަޕް: ޓީމް ޔޫރަޕުން ލީޑު ނަގައިފި

ޓީމް ޔޫރަޕުން ވަނީ ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2017 | ހޮނިހިރު 07:10
މުބާރާތުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން

މުބާރާތުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން

އަލަށް ތައާރަފް ކުރި ބައިނަލްލަގްވާމީ ޓެނިސް މުބާރާތެއް ކަމަށްވާ ލޭވާ ކަޕްގެ ފުރަތަމަ ދުވަހުގެ ކުޅުން ނިމުނުއިރު ޓީމް ޔޫރަޕުން ލީޑު ނަގައިފިއެވެ. ޗެކް ރިޕަބްލިކްގެ ޕްރާގްގައި ކުރިއަށްދާ މި މުބާރާތުގައި ޓީމު ޔޫރަޕުން ލީޑު ނަގާފައިވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްގެންނެވެ. އެގޮތުން މުޅި ޔޫރަޕުން ހޮވާލެވުނު އެންމެ މޮޅު ކުޅުންތެރިންގެ ޓީމުންވަނީ ސިންގަލްސްގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ދުނިޔޭގެ އެހެން ކަންކޮޅުތަކުން ހޮވާލެވުނު ކުޅުންތެރިންގެ ޓީމަށް ކާމިޔާބު ކުރެވިފައި ވަނީ ހަމައެކަނި ޑަބަލްސް މެޗެވެ.

ސިންގަލްސްގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ މެރިން ސިލިޗްއާއި ފްރޭންސިސް ޓިއަފޯއެވެ. މި މެޗް ސީދާ ދެ ސެޓުން ކާމިޔާބު ކުރީ ޔޫރަޕުގެ ޓީމުގައި ހިމެނޭ މަރިން ސިލިޗްއެވެ. އޭނާ މި މެޗު ކާމިޔާބު ކުރީ 7-6 އަދި 7-6 އަކުން ސެޓުތަށް ގެންގޮސްގެންނެވެ.

މި މުބާރާތުގެ ސިންގަލްސް ދެވަނަ މެޗުގައި ޑޮމިނިކް ތިއެމްވަނީ ޖޯން އިސްނާއާ ދެކޮޅަށް ކުޅުނު މެޗު އެއް ސެޓު އެއް ސެޓުން އެއްވަރުވުމާ ވިދިގެން ކުޅުނު ޓައި ބްރޭކާރ ކާމިޔާބުކޮށް ޓީމް ޔޫރަޕަށް ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. ފުރަތަމަ ސެޓު 7-6 އަކުން އިސްނާ ގެންދިޔަ ނަމަވެސް ތިއެމްވަނީ ދެވަނަ ސެޓު 7-6 އަކުން ގެންގޮސް މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މެޗުގެ ނަތީޖާ ނެރެން ކުޅުނު ޓައިބްރޭކާ ތިއެމް ކާމިޔާބުކުރީ 10-7 އަކުންނެވެ.

ސިންގަލްސްގެ ތިންވަނަ މެޗުގައި ޔޫރަޕުގެ ޓީމުގެ އެލެކްޒެންޑާ ޒަވަރޭވްވަނީ 7-6 އަދި 7-6 އަކުން ޑެނިސް ޝަޕޮވަލޯވް ބަލިކޮށް ޔޫރަޕަށް މޮޅެއް ކަށަވަރު ކޮށްދީފައެވެ.

ޓީމް ވޯލްޑް އިން ކާމިޔާބު ކުރި ހަމައެކަނި މެޗު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނިކް ކިރްގިއޯސްއާ ޖެކް ސޮކްގެ ޑަބަލްސް ޕެއާއިންނެވެ. އެގޮތުން މި ދެ ކުޅުންތެރިންވަނީ ރަފައޭލް ނަޑާލްއާ ތޯމަސް ބާޑިޗްގެ ޕެއާ ބަލިކޮށްފައެވެ. ފުރަތަމަ ސެޓު 6-3 އަކުން ޓީމް ވޯލްޑް ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓު 7-6 އަކުން ކާމިޔާބުކޮށް ޓީމް ޔޫރަޕުން ވަނީ މި މެޗު ޓައިބްރޭކާއަކަށް ގެންގޮސްފައެވެ. މެޗުގެ ނަތީޖާ ނެރެން ކުޅުނު ޓައިބްރޭކާ ޓީމް ވޯލްޑްއިން ކާމިޔާބުކުރީ 10-7 އަކުންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ލިބިގެންދާނީ އެންމެ ފުރަތަމަ 12 ޕޮއިންޓް ހަމަކުރާ ޓީމަކަށެވެ. ޓީމް ޔޫރަޕުން ވަނީ މިހާރު ތިން ޕޮއިންޓް އެއް ޕޮއިންޓްގެ ލީޑެއް ޓީމް ވޯލްޑްގެ މައްޗަށް ނަގާފައެވެ. މި މުބާރާތުގެ ދެވަނަ ދުވަހުގައި ރޯޖާ ފެޑެރާގެ ކުޅުން ފެނިގެން ދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު